ހަބަރު

މާލޭ ބައެއް ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނާއި، މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ކަރަންޓު ކެނޑިފައިވަނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީނު ނިވިގެންނެވެ.

ބައެއް ސަރަހައްދުތަކަށް ކަރަންޓު ދިޔަތާ ވިއްސަކަށް މިނެޓް ތެރޭގައި ވަނީ އަލުން ކަރަންޓު ދީފަ އެވެ. އަދި އެހެން ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.