އެޗްޑީސީ

އެޗްޑީސީގެ ސީއެފްއޯ މަގާމުން އިސްތިއުފާ ދެއްވައިފި

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަހުމަދު ޝާމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޝާމް އިސްތިއުފާ ދިން ސަބަބު އަދި އެނގިފައެއްނުވެ އެވެ. އަދި އިސްތިއުފާއާ ގުޅިގެން އެޗްޑީސީން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ވެސް ނުވެ އެވެ.

އެޗްޑީސީގައި ޝާމް މަސައްކަތްކުރަން ފެއްޓެވީ 2019ވަނަ އަހަރު އެވެ.

އޭނާ އަކީ އިނގިރޭސިވިލާތުގެ ޔުނވާސިޓީއެއް ކަމަށްވާ ޔުނވާސިޓީ އޮފް ގްރީންވިޗްއިން ތައުލީމު ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އެ ޔުނިވާސިޓީން ޝާމް ވަނީ އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފަ އެވެ.

ޝާމް މީގެ ކުރިން ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްޕީއެލް)ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރުކަން ވެސް ކުރައްވާފަ އެވެ.

އޭގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އެކައުންތްސް އެންޑް ފައިނޭންސްގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.