ވިޔަފާރި

ސްޕައިސް ޖެޓުން މާލެ-ޑްރިވެންޑްރަމް ދަތުރުތައް ފަށަނީ

May 6, 2017

ސްޕައިސް ޖެޓުން މާލެ- ޓްރިވެންޑްރަމް ދަތުރުތަށް މި މަހުގެ 10 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

ސްޕައިސް ޖެޓުން ނެރެފައިވާ ބަޔާނެއްގައި ބުނީ މި މަހު ރާއްޖެ އަށް ދަތުރުތައް ފަށާ ސްޕައިސް ޖެޓުން ކޮންމެ ދުވަހަކު އެއް ފްލައިޓް މާލެއަށް ބާއްވާނެ އެވެ. ސްޕައިސް ޖެޓުން މީގެ ކުރިންވަނީ ރާއްޖެއަށް ދަތުރު ބާއްވާފައެވެ.

މި ދަތުރުތަކުގައި ސްޕައިސް ޖެޓުން ބޭނުންކުރާނީ 78 މީހުންގެ ކެޕޭސިޓީ ހުރި ފްލައިޓެކެވެ.

އިންޑިޔާގެ ބަޖެޓު އެއާލައިނުން 342 ފްލައިޓް 46 މަންޒިލަކަށް ކުރެ އެވެ. މީގެތެރޭގައި 39 ޑޮމެސްޓިކް މަންޒިލާއި ހަތް އިންޓަނޭޝަނަލް މަންޒިލް ވެސް ހިމެނެ އެވެ.

ސްޕައިސް ޖެޓުން ރާއްޖެ އަށް ސީދާ ފްލައިޓްތައް ފަށާއިރު، މިމަހުގެ 16 ވަނަ ދުވަހު ބަންގްލަދޭޝަންގެ ވެރިރަށް ޑާކާ އާއި ކޮލްކަތާއަށް ވެސް ދަތުރުތައް ފަށާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ އަހަރު އިތުރު ދެ އެއާލައިނެއްގެ ދަތުރުތައް ފަށާނެކަން ދާދިފަހުން ވަނީ އިއުލާނުކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ އިޓަލީގެ އެއާލައިންއަކާއި އެއާ ފްރާންސުގެ އެއާލައިން އެކެވެ. މީގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް މެދުއިރުމަތީގެ އެއާލައިނެއްގެ ދަތުރުތައް ފަށާނެކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.