ވިޔަފާރި

މެކްސްކޮމްއާއެކު ޑެލް އީއެމްސީގެ ފުރަތަމަ އިވެންޓް ބާއްވައިފި

May 12, 2017

ރާއްޖޭގެ މެކްސްކޮމް ޓެކްނޮލޮޖީއާ ގުޅިގެން ޑެލްއީއެމްސީ އިން ފުރަތަމަ އިވެންޓް ރާއްޖޭގައި ބާއްވައިފި އެވެ.

ހޮޓެލް ޖެންގައި ޓެލްއީއެމްސީ އިން އިއްޔެ ބޭއްވި މި އިވެންޓުގައި މައުލޫމާތު ދެއްވާފައިވަނީ ޑެލްގެ ޖީއެމް ހަރްޖީތް ސިންގް އެވެ.

ޑެލްގެ ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކަށް އަހުލުވެރި ކުރުވަން ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރިތައް ބައިވެރިވެފައިވެ އެވެ.

މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑެލްއަށް ރާއްޖޭގައި އޮތް ތަރުހީބު އެ ކުންފުންޏަށް އެނގޭ ކަމަށާއި އެކަން ބައްދަލުވުމުން ވެސް އެނގޭ ކަމަށެވެ.

"ޑެލްއަށް އޮތް ތަރުހީބު އެނގޭ އެއްކަމެއް މިތަނަށް މިހާ ގިނަ ބަޔަކު އައުމަކީ،" ވިދާޅުވި އެވެ.

ޑެލް އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓާ، މެކްސްކޮމްއިން ދަނީ ކޮންމެ އަހަރުވެސް ޑެލް ކުންފުންޏާ ގުޅިގެން ރާއްޖޭގައި މިފަދަ އިވެންޓެއް އިންތިޒާމު ކުރަމުންނެވެ. އެ ކުންފުނިން މިދިޔަ އަހަރު ބޭއްވި އިވެންޓުގައި ބައެއް އާ ޓެންނޮލޮޖީތައް ވެސް ވަނީ ދައްކާލާފަ އެވެ.

މެކްސްކޮމް އިން ދަނީ ޑެލްގެ އިތުރުން މައިކްރޯސޮފްޓާ ގުޅިގެން ވެސް މިފަދަ އިވެންޓުތައް ބާއްވަމުންނެވެ. އަދި މި ބްރޭންޑުތަކުގެ ވިޔަފާރިއަށް ބަލާފައި، އެ ކުންފުނިތަކުން ދަނީ އެވޯޑު ވެސް ދެމުންނެވެ. އެގޮތުން އެ ކުންފުންޏަށް މައިކްރޯސޮފްޓް ބެސްޓް މެނޭޖަރު ޕާޓްނަރުގެ އެވޯޑު ފަސް ވަނަ ފަހަރަށް މި އަހަރު ވަނީ ލިބިފަ އެވެ.

މެކްސްކޮމް އަށް މި އެވޯޑު ލިބިފައިވަނީ މައިކްރޯސޮފްޓްގެ އުފެއްދުންތައް ފޯރުކޮށްދީ، ދެމުން ގެންދާ ހިދުމަތުގެ އަގު ވަޒަން ކޮށެވެ.