ހަބަރު

ކޮޅުވެއްޓި ހޯދަމުން ދަނިކޮށް އޮޔާދާ އެއްޗެހިތަކެއް ފެނިއްޖެ

ހަ މީހުންނާއެކު ކ. ތުލުސްދޫން ފުރި ކޮޅުވެއްޓި ހޯދަމުން ދަނިކޮށް ކަނޑުމަތިން އޮޔާދާ އެއްޗެހިތަކެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ލ. އިސްދޫ 50 ނޯޓިކަލް މޭލުން ބޭރުން އޮޔާދާ އެއްޗެހިތަކެއް ފެނިފައިވަނީ ކޮޅުވެއްޓި ހޯދުމުގައި ހަރަކާތްތެރިވާ ޓީއެމްއޭގެ ސީޕްލޭންއަށް ކަމަށެވެ. އަދި އެ މައުލޫމާތާ ލިބުމާއެކު ކޯސްޓްގާޑްގެ ހެލިކޮޕްޓަރާއި ހުރަވީ ބޯޓް އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

އިސްދޫ ބޭރުން އޮޔާދ އެއްޗެއްސަކީ ކޮޅުވެއްޓިއަށް ނިސްބަތްވާ އެއްޗެހި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދު ބަލަން ފަށާފަ އެވެ.

ހަ މީހުންނާއެކު ކ. ތުލުސްދޫން ފުރައިގެން ލ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "މާރިޔާ-3" ނަމަކަށް ކިޔާ ކޮޅުވެއްޓީގައި ހަތަރު ބިދޭސީންނާއި ދެ ދިވެހިން ތިބި ކަމަށް ވެއެވެ. އެންމެ ފަހުން އެ ކޮޅުވެއްޓީގެ ހަބަރެއްވެފައި ވަނީ މިދިޔަ އަނގާރަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު އެވެ.