ހަބަރު

އެސްޓީއޯ ޑެވޮންޑޭލް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އެސްޓީއޯއިން ވިއްކާ ޑެވޮންޑޭލް މިލްކް ޕައުޑާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް މިއަދު ހޮވައިފި އެވެ.

އެސްޓީއޯ ސްޕަމާޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ތިން ފަރާތް ހޮވި އެވެ. ޕްރޮމޯޝަންގެ ތިވަނަ އަށް ހޮވުނު ފަރާތަށް 25،000 ރުފިޔާ އާއި ދެވަނަ އަށް ހޮވުނު ފަރާތަށް 50،000 ރުފިޔާ އަދި އެއްވަނަ އަށް ހޮވުނުފަރާތަށް 100،000 ރުފިޔާގެ ފައިސާގެ އިނާމް ދިނެވެ. މީގެ އިތުރުން އެއް އަހަރު ދުވަހުގެ ޑެވޮންޑޭލް މިލްކް ޕައުޑާ ލިބިގެންދާ 25 ނަސީބުވެރިން ވެސް ހޮވި އެވެ.

އޮސްޓްރޭލިއާގެ އެއްވަނަ ޑެއިރީ ކުންފުނީގެ މަގާމް ލިބިފައިވާ ޑެވޮންޑޭލްގެ މިލްކް ޕައުޑާ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިއަ ޑިސެމްބަރު 15 އިން މިދިއަ އޭޕްރީލް 15 އަށެވެ. އެ ޕްރޮމޯޝަނަކީ ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށް ވެސް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

އެސްޓީއޯއިން އިމާރާތް ކުރުމުގެ ސާމާނު ލިބިގެންދާ "ލައްކަ ސާމާނު" ޕްރޮމޯޝަންގެ ނަމުގައި ފަސް ލައްކަ ރުފިޔާގެ އަގުހުރި ޕްރޮމޯޝަނެއްވެސް މިމަހު ފަށާފައި ވެއެވެ.