ޕްރޮމޯޝަން

ގިނަ އިނާމްތަކާއެކު އުރީދޫގެ ރޯދަ ޕްރޮމޯޝަން ފަށައިފި

May 26, 2017

ރޯދަ މަހަށް ހާއްސަކޮށް އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ހިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއް އުރީދޫ އިން މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫއިން ބުނީ، ރޯދަ މަހަށް ހާއްސަކޮށް ފެށި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ގިނަ އިނާމްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި، ކޮންމެ ހަފުތާއަކު ނަގާ ލަކީޑްރޯގައި ވަގުތުން އިނާމްދީ، ގައުމުތަކަށް ގުޅޭނެ ހާއްސަ ރޭޓްތައް ތައާރަފްކުރާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ެ ކޮންމެ ހަފްތާއަކު ލަކީ ޑްރޯ އެއް

އުރީދޫގެ ހުރިހާ ކަސްޓަމަރުންގެ އަގުވަޒަންކުރުމަށްޓަކާ ހުޅުވާލެވޭ ލަކީ ޑްރޯ އެއް މި ރޯދަ މަހު ކުރިއަށްދާނެ އެވެ. ކޮންމެ ހަފްތާއެއްގައިވެސް އަގުހުރި އިނާމުތަކެއް ލިބޭ މި ލަކީ ޑްރޯ އަކީ، އުރީދޫގެ ހުރިހާ އެކްޓިވް ކަސްޓަމަރުން ބައިވެރިވެވޭނެ ލަކީޑްރޯއެކެވެ.

މި ޕްރޮމޯޝަންގައި އުރީދޫގެ ހިދުމަތް މިހާރު ބޭނުންކުރައްވާ ކަސްޓަމަރުންނާއި، އަލަށް ހިދުމަތް ހޯއްދަވާ ކަސްޓަމަރުންވެސް ހިމެނިގެންދާނެ އެވެ.

ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް އެޗްއައިއެޗްއިން ހަތަރު މީހުންގެ ރޯދަ ވީއްލުމުގެ އިތުރުން، އަގުހުރި އިނާމެއް ލިބިގެންދާނެއެވެ. އަގުހުރި އިނާމް ތަކުގެ ތެރޭގައި ބަދިގެ ސެޓު، ހޯމް ތިއޭޓަރ ސިސްޓަމް، ބައިސްކަލް، އަދި ސެމްސަންގ ގެލެކްސީ އެސް8 ވެސް ހިމެނެ އެވެ. އެންމެ ހާއްސަ އިނާމުގެ ވެރިފަރާތް ހޮވިގެންދާނީ ރޯދަ މަސް ނިމުމުންނެވެ. އެގޮތުން ހޮވިގެންދާ ފަރާތަކަށް، ދެބޭފުޅުންގެ ދެރޭގެ ހުރުމާއިއެކު މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭނެ އެވެ.

ހުރިހާ ކަސްޓަމަރުންނަށް ވަގުތުން ލިބޭ އިނާމު

މި ރޯދަ މަހު އުރީދޫގެ ހިދުމަތްތައް ބޭނުންކޮށްގެން، ފައިދާހުރި އިނާމުތައް ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. އެގޮތުން ރީޗާޖްކުރުމުން، ނުވަތަ އެމްފައިސާ އަށް ރެޖިސްޓާ ކުރެއްވުމުން، ކަސްޓަމަރުންނަށް ގިފްޓް ކޯޑެއް ލިބޭނެ އެވެ. މި ގިފްޓް ކޯޑު އެސްއެމްއެސް މެދުވެރިކޮށް "4433" އަށް ފޮނުއްވައިގެން، ފަސޭހަކަމާއި އެކު ހިލޭ ޑޭޓާ އަދި އާއިލާ އާއި ރައްޓެހިންނަށް ކޯލް ކުރެއްވުމަށް ހިލޭ މިނިޓް ލިބޭނެ އެވެ.

އައިޑީޑީ އަދި ރޯމިން

މި ރޯދަ މަހު، ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ، ސައުދީ ޕްލޭން99 އުރީދޫ އިން މިއަދު ވަނީ ތައާރަފްކޮށްފައެވެ. އެންމެ 99 ރުފިޔާގެ މި ޕްލޭން މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 70 ހިލޭ މިނިޓް ލިބޭނެ އެވެ. ހަމައެއާއެކު، ސައުދީ ޕްލޭން އެކްޓިވް ކަމުގައިވާނަމަ، ހިލޭ މިނިޓް ބޭނުންކުރުމަށްފަހު ވެސް، މިނިޓަކު އެންމެ 2.99 ރުފިޔާއަށް ސައުދީއަށް ގުޅޭނެ އެވެ. މި ޕެކޭޖް ބޭނުން ކުރެއްވުމަށް، “SAUDI” ޖެއްސެވުމަށްފަހު 4123 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ #18*929* އަށް ގުޅާލުމުން، ޕެކް އެކްޓިވޭޓްވާނެއެވެ.

ހަމައެއާއެކު، ރޯދަ މަހުގެ ތެރޭގައި، ސައުދީއަށް ދަތުރުކުރާ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް، އެގައުމުގައި ރޯމިން ބޭނުންކުރާއިރު 30 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ތިއޭޓާ

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ތިއޭޓަރ ޕެކޭޖާއި އެކު، ހަންގާމާ ޕްލޭ އަދި އީރޯސް ނައު މެދުވެރިކޮށް އެންމެ 149 ރފ. ނުވަތަ 349 ރފ. އަށް ފަހުގެ ފިލްމުތައް ބަލާލެވޭނެއެވެ. މި ޕެކް އެކްޓިވޭޓް ކުރުމަށް #19*929* ގުޅާށެވެ.

މުޅިން ހިލޭ ލިބޭ ހިދުމަތްތައް

  • އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެހުމަށްފަހު 4777 އަށް ފޮނުވާ
  • ރީތި ޓިއުންސް ހިދުމަތް މެދުވެރިކޮށް ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯދުމަށް، “BuyTune ID” ޖެހުމަށްފަހު 4000 އަށް ފޮނުވާ
  • އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯއްދެވުމަށް، GOR ޖެހުމަށްފަހު 4546 އަށް ފޮނުވާ
  • އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، GOC ޖެހުމަށްފަހު 4546 އަށް ފޮނުވާ

އުރީދޫއިން ބުނީ، ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. ފިތުރު ޒަކާތް ދެއްކެވުމަށް #909* އަށް ގުޅުމުން، އެއްވެސް އިތުރު އަގަކާ ނުލާ ޒަކާތް ދެއްކޭނެއެވެ.