ރިހަފަތް

ރޯދަ ވީއްލަން އެންމެ ފައްކާ ސޭންޑްވިޗް ހަދާނީ މިހެން!

ބަރަކާތްތެރި ރަމަޟާން މަސް ފެށުނީ އެވެ. މި މަހުގެ އަޅުކަމާއި ސަވާބު ލިބިގަތުމަށް ކުރާ މަސައްކަތުގެ އިތުރުން އަންހެންވެރިން ބަދިގޭގެ ކުރާ މަސައްކަތްތަކަށް ބޮޑު ބަދަލެއް އާދެ އެވެ. އެހެން މަސްމަހު ކައި އުޅޭ އެއްޗެހީގެ ބަދަލުގައި ރޯދަ މަހު ރަހަ ތަފާތު ކޮށްލުމަކީ ދިވެހި ންމެ ގެއެއްގެ ބަދިގެން ފެންނަ މަންޒަރެކެވެ. އެހެންކަމުން "ރިހަފަތް" މި ނަމުގައި "އަވަސް" އިން ރޯދަ މަހަށް ހާއްސަކޮށް ގެނެސްދޭން މި ފެށި ޝޯއިން ގޭގައި ތިބެގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ މީރު ރެސިޕީތައް ގެނެސްދޭނެ އެވެ.

ރިހަފަތް ޝޯގައި ތައްޔާރު ކުރާ ރެސިޕީތަކަކީ ކެއްކުމުގެ ދާއިރާއިން ރާއްޖެ ބޭރުގެ މުބާރާތްތަކުގައި ދިވެހިންނަށް ރީތި ރަން ވަނަ ތަކެއް
ހޯދައިދިން ރާއްޖޭގެ އެންމެ މޮޅު ޝެފް، އަހުމަދު ފަތީންގެ ހާއްސަ ރެސިޕީތަކެވެ. އޭގެ އިތުރުން ހުޅުމާލޭގައި ހުރި ފަތީންގެ އަމިއްލަ ރެސްޓޯރަންޓްމ އޮއިޝީގައި މަސައްކަތް ކުރާ ތަޖުރިބާ ކަރު އިތުރު ތިން ޝެފެއް ވެސް މި ޝޯގެ ތެރެއިން ފެނިގެން ދާނެ އެވެ.

އެގޮތުން މިއަދު ގެނެސްދެނީ ރޯދަ ވީއްލާ ގަޑިއަށް ތައްޔާރުކޮށްލަން އެންމެ "ފައްކާ" ސޭންޑްވިޗް ހަދާނެ ގޮތެވެ. އޯކްރާ ސޭންޑްވިޗް ނަމަކަށް ކިޔާ މި ސޭންޑްވިޗަކީ ފަތީންގެ އަމިއްލަ ރެސިޕީ އެކެވެ. އެހެންކަމުން އެ ތައްޔާރުކޮށްލާނެ ގޮތް ބަލާލަމާ ހެއްޔެވެ.

ބޭނުންވާ ތަކެތި

ފިޔާ
ލޮނުމެދު
ރާންބާފަތް
ލެޓިއުސް
އޯކްރާ
މިރުސް
ޓޮމާޓޯ
އެންކާ ބަޓަރު
ސަފޯލާ ގޯލްޑް ތެޔޮ
އެންކާ ޗެޑާ ޗީޒް
ޕާން
މަސްދަޅު

ތައްޔާރު ކުރާނެގޮތް

އެންމެ ފުރަތަމަ ރާނބާ ފަތާއި އޯކްރާއާ ޓޮމާޓޯއާ މިރުސް އަދި ލެޓިއޫސް ކުދިކޮށް ކޮށާލާނީ އެވެ. އެއަށް ފަހު ކުޑަ ތައްޓަކަށސް ލޮނުމެދާއި ބަޓަރާ މިރުސް އެއްކޮށްލާނީ އެވެ. ދެން ޕާނުގައި އެއެއްޗެހި ޖަހާ، ތަވައަށްލާ ފިހެލާނީ އެވެ. އެއަށް ފަހު އެތަކެތި އެއްފަރާތްކޮށްލާށެވެ.

ދެން ތަވައަށް ސަފޯލާ ގޯލްޑް ތެޔޮކޮޅެއްއަޅާ ފިޔާ މީރު ކުރާނީ އެވެ. އެއަށް ކުޑަ ލޮނުކޮޅަކާއި ލޮނުމެދު ކޮޅެއް އަޅާ ރަނގަޅަށް ރަތް ވަންދެއް ބަހައްޓާނީ އެވެ. އެއަށް ފަހު އޯކްރާ އާ ޓޮމާޓޯއާ މިރުސް އަދި ރާންބާފަތް އޭގެ ތެރެއަށް އަޅާލާށެވެ. އެއަށް ފަހު އޭގެ މައްޗައް ބަޓަރާއި މިރުސް އަޅާލާނީ އެވެ. ދެން ކުޑަކޮށް ކެކެންދެއް މަޑޫކޮށްލުމަށް ފަހު މަސަސްދަޅު އަޅާނީ އެވެ. އަދި ތަވާ އެއް ފަރާތުގައި ބަހައްޓާލާށެވެ.

ދެން ޖެނީ ސޭންޑްވިޗަށް ބޭނުންވާ ޗީޒްގަނޑު ހަދާލަންށެވެ. އެއަށް ވަކިން ތަވައެއްގައި ޗެޑާޗީޒް އަޅާ ގިރެންދެއް ހޫނުކޮށްލާށެވެ. އަދި އޭގެ މައްޗައް 100 މިލިގްރާމްގެ ކުކިން ކްރީމް އަޅާލާށެވެ. ދެން ރަނގަޅަށް ގަށާލާށެވެ.

ދެން އޮންނާނީ ސޭންޑްވިޗްގަނޑު އަތުރާލުމެވެ. އެގޮތުން ތިން ފޮތި ޕާަންނަށް ކުރިން ތައްޔާރުކޮށްލި މަސްގަނޑު އަޅާށެވެ. އަދި އޭގެ މައްޗައް ލެޓިއުސް ފަތްކޮޅެއް އަޅާނީ އެވެ. އަނެއްކާވެސް އިތުރު މަސްކޮޅެއް އަޅާށެވ. ދެން އަޅާނީ ޗީޒްގަނޑެވެ. އެއަށް އެ ތިން ޕާންފޮތި މަތިމައްޗައް ޖަހާލުމަށް ފަހު އަރިމަތި ކަނޑާލާ މެދުން ފަޅާލާނީ އެވެ. އޭރުން އެ އެތީ އޯކްރާ ސޭންޑްވިޗް ތައްޔާރުކޮށްލެވިފަ އެވެ.