ރިހަފަތް

ސީފުޑަށް ލޯބި ކުރާ މީހުނަށް ހާއްސަ ތައި ސީފުޑް

"ރިހަފަތް"ގެ މިއަދުގެ ރެސިޕީ ހާއްސަވަނީ ސީފުޑަށް ލޯބި ކުރާ ފަރާތްތަކަށެވެ. މިއީ ވަރަށް ގިނަ ބާވަތެއްގެ ސީފުޑް ބޭނުންކޮށްގެން ތައިލެންޑް ސްޓައިލަކަށް ތައްޔާރުކޮށްލާ ޑިޝް އެކެވެ. "ތައި ސީފުޑް"ގެ ނަމުން ކިޔާ މި ޑިޝް އެހާ މީރުވެފައި ތައްޔާރުކޮށްލަށް ވެސް ވަރަށް ފަސޭހަ އެވެ. އެހެންކަމުން މި ހަދާގޮތް ދަސްކޮށްލާށެވެ.

ބޭނުންވާ ތަކެތި

250 ގްރާމް ޕްރޯންސް
150 ގްރާމް ކަޓްލް ފިޝް
މުސެލްސް
ފަރުމަސް
2 ލޮނުމެދު
1 މޭޒުމަތީ ސަމްސާގެ އިނގުރު ދިޔަ
1 ފިޔާ
1 ބެލް ޕެޕާ
ތައި ބާސިލް ފަތް
30 ގްރާމް ހިއްކާފައި ހުރި މަޝްރޫމް
25 ގްރާމް ސްޕިން އަނިއަންސް
1 މޭޒުމަތީ ސަމްސާ ތައި ފިޝް ސޯސް
1 މޭޒުމަތީ ސަމްސާ ލެމަން ޖޫސް
2 ޓީ ސައިސަމްސާ ކޯން ފްލާ
375 އެމްއެލް ފެން
1 ކިއުބް މެގީ ޗިކަން ސްޓޮކް

ތައްޔާރު ކުރާ ގޮތް

ތަވައަށް ސަފޯލާ ގޯލްޑް ތެޔޮ އަޅާލާ ހޫނުކޮށްލުމަށް ފަހު އޭގެ ތެރެއަށް އިނގުރާއި ލޮނުމެދާ ފިޔާ އަދި މުގުރި މިރުސް އަޅާލާށެވެ. އަދި އޭގެ ތެރެއަށް ޕްރޯންސްއާ ކަޓްލް ފިޝް އަދި މުސެލްސް އަޅާލާށެވެ. ދެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ފިޔާއާއި ބެލް ޕެޕާ އަދި މަޝްރޫމް އަޅާލުމަށް ފަހު އެއްކޮށްލާފައި ފިޝް ސޯސް، ސޯޔާ ސޯސް އަދި ކުޑަ އޮއިސްޓާ ސޯސްކޮޅެއް ވެސް އަޅާލާށެވެ. ދެން ފެން އަޅާފައި ރަނގަޅަށް ހާވާލުމަށް ފަހު ފަރުމަސް އަޅާލާށެވެ. އަދި ނިންމާލަމުން އޭގެ ތެރެއަށް ބާސިލް ފަތް ކޮޅެއް އަޅާލާނީ އެވެ. ރަނގަޅަށް ކެކުނީމައި ތައްޓަށް އަޅާލާށެވެ. އަދި ގާނިޝް ކުރުމަށް ކެރެޓުވެސް ބޭނުން ކުރެވިދާނެ އެވެ.