ރިހަފަތް

"ބްރައުނީ" ހަދަން ވަރަށް ފަސޭހަ ވާނެ!

Jun 21, 2017

"ރިހަފަތް"ގައި މިއަދު މި ގެނެސްދެނީ "ބްރައުނީ"އެއް ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް ކެކެކެވެ. އަދި އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ޑިޝް އެކެވެ. އެހެންކަމުން މިގެ ރެސިޕީވެސް ދަސްކޮށްލާށެވެ.

ބޭނުންވާ ތަކެތި

އެންކާ މިލްކް
3/4 ޖޯޑު ފުށް
1 ޖޯޑު ހަކުރު
5 މޭޒުމަތީ ސަމްސަ ކޮކޯ ޕައުޑާ
ބޭކިން ޕައުޑާ
ޕެސްރައިޒް ހޯލް އެގް (2 ބިސް)
1 ޖޯޑު އެންކާ ބަޓާ

ތައްޔާރު ކުރާ ގޮތް

ފުރަތަމަ އެއް ޖޯޑު ބަޓަރާއި އެއް ޖޯޑު ހަކުރު އެޅުމަށް ފަހު ހޭންޑް މިކްސަރަކުން ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ޕެސްޓުރައިޒް އެގް އަޅާލުމަށް ފަހު އަނެއްކާވެސް ގިރާލާފައި އަޅާނީ ފަސް މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑާ އެވެ. އެއަށް ފަހު ކޮކޯ ޕައުޑަރާއި ކުޑަ އެންކަރު މިލްކް ކޮޅެއް އަޅާލުމަށް ފަހު އެއްކޮށްލާނީ އެވެ. ދެން 3/4 ޖޯޑު ފުށް އަޅާލުމަށް ފަހު ބޭކިން ޕައުޑާ އަޅާލާނީ އެވެ. އެންމެ ފަހު އިތުރަށް މީރުކޮށްލަން ޗޮކްލެޓް ޗިޕްސްކޮޅެއް އަޅާލާނީ އެވެ. އަދި ރަނގަޅަށް އެއްކޮށްލާށެވެ.

ކޭކު ފިހުމަށް ފުރަތަމަ ޓްރޭގައި ބަޓަރު ހާކާލާށެވެ. އެއަށް ފަހު ކޭކު އެތި އަޅާލުމަށް ފަހު 180 ޑީގްރީގައި 15 ނުވަތަ 20 މިނެޓުވަންދެއް ފިހެލާށެވެ.