ރޯދަ މަސް ނިމެނީ އެވެ. ކޮންމެ ދުވަހަކު ވެސް ރޯދަ ވީއްލާ ގަޑިއަށާއި ތަރާވީހަށް މީރު އަދި ތަފާތު ބާވަތްތަކުގެ ފޮނި އެއްޗެހިތައް ތައްޔާރުކޮށްލާފައި ހުންނާނެކަން ޔަގީނެވެ. ނަމަވެސް މި ރޯދަ މަހު ކޮންމެހެން ވެސް "ބެރީ މޫސް ބައިޓްސް" ހަދާލަން ޖެހޭނެ އެވެ. އޮއިޝީގެ ބަދިގޭގައި ޝެފް އަހުމަދު ފަތީން ތައްޔާރުކޮށްލާ މި ޑިޝްއަކީ ވަރަށް ތަފާތު ޑެޒާޓެކެވެ.
ބޭނުންވާ ތަކެތި
200 ގްރާމް އޯރިޯ
100 ގްރާމް ބަޓަރު
4 ޝީޓުގެ ޖިލެޓިން
142 އެމްއެލް ވިޕިން ކްރީމް
500 ގްރާމް ކްރީމް ޗީޒް
140 ގްރާމް ކާސްޓާ ޝުގާ
400 ގްރާމް ރާސްބެރީ (ކޮންމެ ފްލޭވާއެއް ވެސް ބޭނުން ކުރެވިދާނެ)
284 އެމްއެލް ޑަބަލް ކްރީމް
އެއް ޖޯޑާބައި ގެ ހަކުރު
14 އައުންސްގެ ގެރިކިރު
26 އައުންސްގެ ވައިޓް ޗޮކޮލެޓު
ތައްޔާރު ކުރާ ގޮތް
ތަވާ ތެރެއަށް 400 ގްރާމްގެ ރާސްބެރީ އަޅާލާ ގިރުވާލާނީ އެވެ. ރާސްބެރީ އެއްކޮށް ދިޔާވުމުން އޭގެ ތެރެއަށް އެއް ޖޯޑު ހަކުރު އަޅާނީ އެވެ. ދެން އުނދުން މަތިން ތަވާ ނެގުމަށް ފަހު ޖެލެޓީން ޕެކެޓެއް އަޅާލާނީ އެވެ. ދެން އެހެން ތަވައެއް ނަގާ 284 މިލި ގްރާމްގެ ޑަބަލް ކްރީމް އަޅާލާނީ އެވެ. އަދި އޭގެ ތެރެއަށް 500 ގްރާމް ގެ ކްރީމް ޗީޒް އަޅާލުމަށް ފަހު ކްރީމްގަނޑު ތެރެއަށް ޗީޒްތައް އެއްކޮށްލާނީ އެވެ.
ދެން ރާސްބެރީގެ މިކްސްއާ ކްރީމްއާ އެއްކޮށްލާނީ އެވެ. އޭރުން ގަދަ ރަތް ކުލާ ހުރި އެތި ފިޔާތޮށި ކުލައަކަށް ބަދަލުވާނެ އެވެ. ދެން ހޭންޑް މިކްސަރެއް ބޭނުންކޮށްގެން އެ ރަނގަޅަށް ގިރާލާނީ އެވެ. އަދި ފުރާނާލާފައި ވަކިތައްޓަކަށް އެޅުމަށް ފަހު ފިނި ކުރަން ލާނީ އެވެ.
ދެން މި ޑިޝްގެ ބޭސް ހެދުމަށް ފުންޑުވާފައި ހުރި އޯރިއޯ ބިސްކޯދާއި ބަޓަރު އެއްކުރާނީ އެވެ. އެއަށް ފަހު ޓްރޭ ތެރެއަށް އެ އަޅާލުމަށް ފަހު ރަނގަޅަށް އޮއްބާލާ ޓްރޭއަށް ހެޔޮވަރުކޮށްލާނީ އެވެ. އަދި އެވެސް ފިނި ކުރަން ލާށެވެ.
ދެން ތަވައެއް ހޫނުކުރަން ޖައްސާފައި އެއް ޖޯޑާ ބައިގެ ހަކުރު އަޅާލާށެވެ. އަދި 14 އައުންސްގެ ގެރިކިރު އޭގެ ތެރެއަށް އަޅާލާށެވެ. ދެން އެއް ޖޯޑު ފެން އަޅާލާ އެއްކޮށްލާށެވެ. އަދި ރީންދޫ ކުލައެއް އެރުމުން އޭގެ ތެރެއަށް 26 އައުންސުގެ ވައިޓް ޗޮކޮލެޓް އަޅާލާފައި ގިރާލާށެވެ. އަދި ޗޮކޮލެޓުތައް ރަނގަޅަށް ގިރި ކެކެން ފެށުމުން އޭގެ ތެރެއަށް އެއް ޖޯޑު ފެނާ އެއްކޮށްފައި ހުރި ޖިލެޓީން އަލާލާށެވެ. އެއަށް ފަހު ތަވައިން ނަގާ ދިޔަގަނޑު އެ ވަކި ތިން ތައްޓަށް އަޅާލާށެވެ. އަދި ކޮންމެ ތައްޓަކަށް ތިން ކުލާގެ ކާކުލަ ކޮޅެއް އަޅާލުމަށް ފަހު އެއްކޮށްލާށެވެ. އަދި ފިނި ކުރަން ލާށެވެ.
ކުރިން ފިނިކުރަން ލީ ރާސްބެރީ މިކްސް ނަގާ އޯރިއޯ ބޭސް އަޅާފައި ހުރި ޓްރޭ ތެރެއަށް އަޅާލާށެވެ. އެއަށް ފަހު އަވަނުގައި ފިހެލުމަށް ފަހު އެ މީހަކު ބޭނުން ގޮތަކަށް ކޮށާލާށެވެ. އަދި އޭގެ މައްޗައް އަޅާނީ ތިން ކުލައިން އިން ތައްޔާރު ކުރި ކްރީމްއެވެ.