ރިހަފަތް

"ސްޕައިސީ ކްރަންޗީ ޗިކަން"ގެ ރަހަބަލައިލާ!

"ރިހަފަތް"ގައި މިއަދު މި ގެނެސްދެނީ "ސްޕައިސީ ކްރަންޗީ ޗިކަން" ތައްޔާރު ކުރާނެ ގޮތެވެ. މިއީ ޗިލީ ޗިކަން ހަދާ ގޮތަށް ނަމަވެސް ޝެފް އަހުމަދު ފަތީންގެ އަމިއްލަަ ގޮތަކަށް ތައްޔާރުކޮށްލާފައިވާ މީރު ޑިޝް އެކެވެ. މި ޑިޝް ތައްޔާރު ކުރާ ގޮތް ކޮންމެހެން ވެސް ދަސްކޮށްލަން ޖެހޭނެ އެވެ. ގޭގައި ފަސޭހައިން ހަދާލައިގެން ކާލަން ވަރަށް ފައްކާ ވާނެ އެވެ.

ބޭނުންވާ ތަކެތި

މެގީ ޗިކަން ސްޓޮކް
ފިޔާ
ލޮނުމެދު
ކެރެޓާއި ކެބެޖު
ލައިމް
ޑިލް ލީފް
ޗިލީ އޮއިލް
ޗިލީ ޕޭސްޓު
ކޯން ފްލާަ
ސޯލްޓް
ޗިލީ ޕައުޑާ
ކުކުޅު ފައި

ތައްޔާރު ކުރާ ގޮތް

ފުރަތަމަ ކޮށާފައި ހުރި ކުކުޅުފައި ތަށީ ތެރެއަށް މެގީ ޗިކަން ސްޓޮކް އަޅާލާަނީ އެވެ. އަދި އޭގެ ތެރެއަށް ޗިލީ ޕައުޑާއާއި ލޮނު އެޅުމަށް ފަހު އިނގުރު ކޮޅެއް އަޅާލާނީ އެވެ. ދެން ލުނބޯ ފިތާލާފައި ކުކުޅާ ރަނގަޅަށް އެއްކޮށްލާނީ އެވެ. ދެން ކޯން ފްލާ އަޅާލުމަށް ފަހު ކުކުޅު ފައިތަކުގައި އެ ލާނީ އެވެ. ތަވައަކަށް ސަފޯލާ ގޯލްޑް ތެޔޮ އެޅުމަށް ފަހު ކުކުޅުފައިތައްލާ ތެލުލާނީ އެވެ. ރަނގަޅަށް ތެލުލެވުމުން ނަގާނީ އެވެ.

ދެން އެހެން ތަވައަކަށް ކުޑަ ތެޔޮ ކޮޅެއް އަޅާލުމަށސް ފަހު އޭގެ ތެރެއަށް ފިޔަލާއި ލޮނުމެދު އަޅާލުމަށް ފަހު ލޮނު ކޮޅެއް އަޅާލާށެވެ. އަދި ޑިލް ލީފް އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޗިލީ ޕޭސްޓް އަޅުމަށް ފަހު ލުނބޯ ފިލާތާށެވެ.

އެއަށް ފަހު ތެލުާފައި ހުރި ކުކުޅުތައް ޕޭސްޓު ތެރެއަށް އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާފައި ނަގާނީ އެވެ. އޭގެ މައްޗައް ޗިލީ ޕައުޑާ އަޅާލުމަށް ފަހު ކެރެޓާއި ކެބެޖު މައްޗައް އަޅާލާނީ އެވެ. އޭރުން ސްޕައިސީ ކްރަންޗީ ޗިކަން ތައްޔާރުކޮށް ނިމުނީ އެވެ.