މީހުން

"ދިވެހި ސްނިލް ޝެޓީ" މިހާރު ހުރީ މިފަރާތް ބަލާގޮތަކަށް ނޫން

Jun 2, 2017
7
0%
0%
0%

"މިފަރާތް ބަލާ ބަލާށޭ، ތިހިރީ ރުޅިން ކަމަށް ހޭ" މިއީ ދިވެހިންގެ ތެރޭގައި ވަރަށް ވިދާލި ލަވައެކެވެ. އެ ލަވަ ހިމެނޭ ފިލްމު "ކަަރުނައިގެ އަގު" ވެސް އެއީ ގިނަ ބަޔަކު ބެލި ފިލްމެކެވެ. އެ ފިލްމުގައި ލީޑް ރޯލް ކުޅު އައްސަދު ޝަރީފު ގިނަ ދިވެހިންނަށް އިނގޭނީ " ދިވެހި ސްނިލް ޝެޓީ" އޭ ބުނީމައެވެ.

"ދެން ހަޖުލަކަށް ވިޔަސް، ސަޕޯޓް ކުރަން ވިޔަސް ސުނިލް ޝެޓީއޭ ކިޔާފައި، ދަޅުކަންް ކޮޕީ ، އެއީ ހިތް އެދެނީ ގެ ވާހަކަ ވަަރަށް ދައްކާ،" ފިލްމީ ދާއިރާއިން އެއް ފަރާތް ވިތާ އަހަރުތަކެއް ވެފައިވާ އައްސަދު ޝަރީފު ބުންޏެވެ. ފިލްމީ ދާއިރާއިން ދުރަށް ދިޔަ ފަހުން ފިލްމެއް ނުވެސް ބަލައި، ފިލްމީ ވާހަކަ ނުވެސް ދައްކައި ހުރި އައްސަދު " އަވަސް" އަށް ދިން އިންޓަވިއުގައި ބުނީ "އެދާއިރާއިން ކުރެވުނު މަސައްކަތާ މެދުވެސް ހިތް ހަމަ ޖެހޭ ކަމަށެވެ.

އައްސަދު ފިލްމު ކުޅެން ފެށީ 1979 ވަނަ އަހަރުއެވެ. " ބޭކާރު" ނަމަކަށް ކިޔާ ފިލްމަކުން އެ ދާއިރާއަށް ތައާރަފްވި އައްސަދު 18 އަހަރު އެ ދާއިރާގައި މަސައްކަތް ކުރިއެވެ. އެ ފިލްމުގެ ހަނދާން އާކުރަމުން އައްސަދު ބުނީ އެ ފިލްމަށް ދިމާވީ ފިލްމުގެ ނަމުގައި ބުނެފައިވާ ފަދަ ގޮތެއް ކަމަށެވެ.

"ސެންސަރުކޮށް ނިމިގެން ފިލްމު އަތަށް ލިބުނު އިރު ފިލްމުގެ ދިގުމިން ބަލައިލެވޭހާ ވަގުތެއް ވެސް ނެތް. އޯޑިއަންސް ވަދެ ތިއްބާ ފިލްމު އަތަށް ލިބުނީ. ދެން އޭރުގައި ފިލްމު ދައްކަން ހުއްދަ އޮންނަނީ 12 ޖަހަންދެން. ދައްކަަމުން ދައްކަމުން ގޮސް ފިލްމު ދެއްކުން މަނާ ވަގުތު ޖެހުނީމާ ޖެހުނީ ކުއްލިއަކަށް ނިންމާލަން،" ފުރަތަމަ ފިލްމު ބޭކާރުވީ ގޮތް ކިޔައިދެމުން އައްސަދު ބުންޏެވެ.

އޭނާ ބުނީ އެރޭ ފިލްމު ބަލަން ވަދެ ތިބި މީހުން ހޯބޯ ލަވައި، އެއްޗެހި އުކައި ހެދި ކަމަށެވެ. އެހިސާބުން އެމީހުން މައިތިރި ކުރާނެ ގޮތެއް ނޭނގި ފިލްމު ދައްކަން ތިބި މީހުން ޖެހުނީ ފިލައި ރައްކާވާށެވެ.

އެޒަމާން ގޮސް، ފިލްމީ ދާއިރާއަށް ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުން އައި އިރު ވެސް އައްސަދު އެދާއިރާގައި ސާބިތުވެ ހުއްޓެވެ. އަރާމަގު ދޮން ކަމަނަ އާއި "ހިތް އެދެނީ" އަކީ އޭނާގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. އެ ހިސާބަށް ދިޔަ އިރު އޭނާ ވަނީ ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާރު ވެސްް މަޝްހޫރު ގިނަ ތަރިންނާއި އެކު މަސައްކަތް ކޮށްފައެވެ.

އައްސަދު މިހާރު ކޮބާ؟

ފިލްމީ ދާއިރާއިން ދުރަށް ދިޔަ ފަހުން އައްސަދު ވަނީ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްފައެވެ. އޭނާ ބޮޑަށް އުފާ ވަނީ ވެސް މިހާރު ކުރަމުންދާ މަސައްކަތާ މެދުގައެވެ. ޝަރީއާ އެެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލްކޮށް، އޭނާ މިހާރު ހުރީ ގާނޫނީ ވަކީލުކަމުގެ ހުވާ ކުރަން ތައްޔާރުވެގެންނެވެ. އޭގެ އިތުރުން އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް އާއްމުންގެ ފަރާތުން ކުރިމަތިލައި އެ ކައުންސިލްގެ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އެކައުންސިލްގެ ގާނޫނީ ކޮމިޓީގެ މުގައްރިރަކީވެސް އައްސަދެވެ.
އޭގެ އިތުރުން އޭނާ އަންނަނީ 300 ކުދިން ކިޔަވާ ޤުރުއާން ކުލާހެއް ވެސް މެނޭޖް ކުރަމުންނެވެ.

އައްސަދު ބުނީ ފިލްމު ކުޅުން ހުއްޓާލައި އެހެން މަސައްކަތްތަކަށް އެނބުރުނީ ކުއްލި ބަދަލެއްގެ ގޮތުގައި ނޫން ކަމަށެވެ.

"އަޅުގަނޑު ފިލްމު ކުޅުނު އިރުވެސް، އެންމެ ޒުވާން އުމުރުގައި ވެސް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރިން ބޭބެ އެއްގެ ގާތުގައި. ބޮޑަށް ބަދަލަށް އައި ކަމަކީ ކިޔަވަން ފެށީމައި ބޮޑަށް ފޮތްތަކާ އެކީ ގޭތެރޭގައި ބޮޑަށް ވަގުތު ހޭދަ ކުރަން ފެށުން. އާއިިލާއާ އެކުގައި ގިނަ ވަގުތު ހޭދަކުރުން، ކުރިން ފިލްމީ ދާއިރާގައި ވީމާ ނިދުމެތް ނެތި، އެހެން މިހެން، ގޮތެއް ގޮތެއް ނެތޭ ބުނާ ކަހަލަ ގޮތަކަށް ދިޔައީ،" ބަދަލުވީ ގޮތް ކިޔައިދެމުން އައްސަދު ބުންޏެވެ.

ނަމަވެސް އައްސަދު ދެކޭ ގޮތުގައި ފިލްމީ ދާއިރާގައި މަސަައްކަތް ކުރުމަކީ އޭނާއަށް ހެދުނު ގޯހެއް ނޫނެވެ. އޭނާއަށް މިހާރު ލިބިފައިވާ ނަމަ ވާ ކާމިޔާބީއަކާ ގުޅިފައި ވަނީ އެދާއިރާއިން ލިބުނު މަޝްހޫރުކަން ކަަމަށް އޭނާ ގަބޫލުކުރެއެވެ. އޭރު ލިބުނު މަޝްހޫރުކަމުގެ ސަބަބުން ގިނަ ދޮރުތަކެއް ހުޅުވުނުކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.

"ހަމަ ފައިދާއެއް ކަަމަށް ގަބޫލުކުރަނީ. އަޅުގަނޑަކީ ވަރަށް އާދައިގެ ގޮތަކަށް އުޅުނު މީހެއް. އެޒަމާނާ ބަލާފައި ވަރަށް ދަތިކޮށް އުޅުނީ، މީހުންނަށް ނޭނގޭނެ ކަހަލަ ގޮތަކަށް. ދެން ސިޔާސީ ދާއިރާއަށް ވެސް އާދެވުނީ އޭގެ ތެރެއިން. މީހުންގެ ސަމާލުކަމަށް އާދެވުނީ ވެސް އޭގެ ތެރެއިން،" ދެން ދުވަހަކުވެސް މަސައްކަތް ނުކުރަން ނިންމާފައިވާ ފިލްމީ ދާއިރާއާ ބެހޭ ގޮތުން އައްސަދު ބުންޏެވެ.

އޭނާ ބުނީ ދެން އެ މަސައްކަތް އެއްގޮތަކަށް ވެސް ނުކުރަން އަޒުމް ކަނޑައަޅައިގެން ހުރި ކަމަށެވެ. ބައެއް ފިލްމު ތަކުގެ ތަން ކޮޅުކޮޅު ކުޅެލަން އެދާއިރާގެ ރަށްޓެހިން އެދުނު ނަމަވެސް އޭނާ ހުރީ " އެފަރާތް ބަލާލާ" ގޮތަކަށްނޫނެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙސީ/އައްޑޫ

ރާއްޖޭގައި4 ލައްކައެއްހާމީހުން ްުޅެފައި މަތީތައްލީމް ޙާޞިލްކޮށްގއން ނުކުންނަ އެތައްސަތޭކަ މީހުން ތިބިއިރު އުަސްތާޛް އަސްއަދަށް މީޑިއާއެއްގެ ސަމާލުކަން އެ ލިބުނީ ޔަޤީނުންސް ފިލްމުކުޅެ ސެލެބްރިޓީއަކަާްވީތީ..އެއީ އެދާއިރާއިން ލިއްބަްިދިން ކުރިއެރުމއެއް އަދި ފުރުޞަތެއް!

ޢަމްޖޭ

ޢަސްޢަދުގެ ލަވް90 އާއި ކަރުނައިގެއަގު ހިތްއެދެނީ މިހުރީ ކާމިޔާބުކޮސް ވިޔާފާރި ކުރި ފިލްމުތައްކަމުގައި އެދުވަސްވަރު މީޑިއާގައި ވިދައިގެންދިޔަ

ފަރީ ، މާލެ

ފިލްމީދާއިރާގެ ބައެއް މީހުންގެސަބަބުން އެދާއިރާގެ އަގު ވެއްޓި ދިޔަކަން ސީޒަން ހަނދާން ނެތްނަމަވެސް އެހެން މީހުންގެ ހިތްތަކާއި ހަނދާނުގައި ހުރުމުން އަސްޢަދާމެދު އެތަފާތު ބަލައިގަނޭ

ޙައިދަަރު /މާލެ

ޢެދާއިރާގައި އުޅުމުން ބައެއްގެ ލޯތްބާް އިޚްތިރާމާއި މަގްބޫލްކަން ލިބިފައިވުމީ ޚަންކަމުގަްި ކުރިމަތިލުމުގައި ލިބޭނޭ ވ ބޮޑު ކާމިޔާބެއް.

ޢަމީލް

ބަލަ ސީޒަން އަށް އިގޭތަ އެހެންވީމާ ހިތްވަރާއެކު އެހެރީ ތެދުވެ އެއީ މީހުންނަކީ.

ކިރިނި

އުފާވެރި އުޖާލާ ކުރިމަގަކައް އެދެން

ސީޒަން

އެއްއިރެއްގަވެސް އައްސަދު އަކީ ފިލްމީދުނިޔޭގަވެސް އަދި ސިޔާސީ ގޮތުންވެސް މާ ކާމިޔާބު މީހެއްނޫން! 2ފަހަރަކު މާލޭ ދާއިރާ އަށް ކުރިމަތިލާގެންވެސް ވީ ފެއިލް، ކުޅެފަ ހުރި ކޮންމެ ފިލްމެއްވެސް ވެފަ އޮތީ ފުލޮޕް.... މީ ހަގީގަތް،، ދެން ގާނޫނީ ދާއިރާއިން ކުރިއަށް ދެވޭނެކަމަށް އުއްމީދު ކުރަން

February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678