މިދިޔަ އަންގާރަ ދުވަހުގެ ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާ ލިބިގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ތިން މީހުންގެ ހާލު ވެސް ރަނގަޅު ވަމުން އަންނަ ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އައިސީޔޫގައި ތިބި ތިން މީހުންގެ ތެރެއިން ދެމީހުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި ސީރިއަސް އަނިޔާތަކެއް ލިބި އެންމެ ބޮޑުވަރުވީ މީހާވެސް މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށެވެ. ނަަމަވެސް އެމީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް އައްފާލް ވިދާޅުވި އެވެ.
އައްފާލް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ނުވަ މީހަކަށް އަދިވެސް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެއީ އައިސީޔޫގައި ފަރުވާދެމުން އަންނަ ތިން މީހުންނާއި ހައި ޑިޕެންޑެންސީ ޔުނިޓުގައި ފަރުވާ ދެމުން އަންނަ ދެ މީހުންނާއި އަދި ޖެނެރަލް ކެއާގައި ފަރުވާ ދެމުން އަންނަ ހަތަރު މީހުން ކަމަށެވެ.
އައްފާލް ވިދާޅުވީ އައިސީޔޫގައި ތިބި ތިން މީހުންގެ ތެރެއިން ދެމީހުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި ސީރިއަސް އަނިޔާތަކެއް ލިބި އެންމެ ބޮޑުވަރުވީ މީހާވެސް މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށެވެ. ނަަމަވެސް އެމީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް އައްފާލް ވިދާޅުވި އެވެ.
"އައިސީޔޫގައި ފަރުވާ ދެމުން އަންނަ ތިން މީހުންގެ ތެރެއިން ދެމީހުންގެ ހާލު އަންނަނީ ރަނގަޅު ވަމުން. އެންމެ ހާލު ސީރިއަސްވި މީހާއަށް ދެވެން ހުރި ހުރިހާ ފަރުވާއެއް އަންނަނީ ދެމުން. ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ބޭރަށް ނުގޮސް އޭޑީކޭއިން އެމީހާގެ ހާލު ރަނގަޅު ކުރެވޭނެ ކަމަށް" އައްފާލް ވިދާޅުވި އެވެ.
އަންގާރަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 14 މީހަކަށް އޭޑީކޭއިން ފަރުވާދީފައި ވެއެވެ.