ބޮލީވުޑް

"ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ރީމޭކުން އަދިތްޔަ ބޭރުކޮށްލީ؟

Jun 6, 2017

ކަރަން ޖޯހަރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އަންނަނީ ހޮލީވުޑްގެ ކާމިޔާބު ފިލްމު، "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ރީމޭކެއް އުފައްދަން ތައްޔާރުވަމުންނެވެ.

މި ފިލްމުގެ ބަތަލާގެ ރޯލު ކަރަންގެ ފެވަރިޓް ބަތަލާ އާލިއާ ބަޓަށް ހުށަހަޅާފައިވާއިރު، ބަތަލުގެ ރޯލު ހުށަހެޅީ އަދިތްޔަ ރޯއި ކަޕޫރަށެވެ.

ކަރަން ޕްރޮޑިއުސްކުރާ ކަންނާޑާ ފިލްމު "އޯކޭ ކަންމާނީ" ގެ ހިންދީ ރީމޭކް "އޯކޭ ޖާނޫ" ގައި އަދިތްޔަގެ ފަރާތުން ފެނިގެންދިޔަ އެކްޓިން ފުރިހަމަކަމުން އޭނާ ވަނީ "ދަ ފޯލްޓް އިން އަވާ ސްޓާސް" ގެ ހިންދީ ރިމޭކުގައި އަދިތްޔަ، އާލިއާ އާއެކު ކާސްޓްކުރަން ނިންމާފަ އެވެ. އެ ރޯލު އަދިތްޔަ އަށް ހުށަހެޅި ނަމަވެސް ފިލްމު އުފައްދާ ފަރާތުން މިހާރު އަންނަނީ އެ ރޯލު ކުޅެން އާ އެކްޓަރެއް ހޯދަމުންނެވެ.

ސަބަބެއް ކަމަށް ވަނީ އަދިތްޔަގެ އެންމެފަހުން ރިލީޒްވި ތިން ފިލްމު، "ދާވަތޭ އިޝްގް" އާއި "ފިތޫރް" އަދި "އޯކޭ ޖާނޫ" ފްލޮޕްވުމާ ގުޅިގެންނެވެ.

'ދަ ފޯލްޓް އިން އަވާ ސްޓާޒް' އަކީ ޖޯން ގްރީން ހަމަ އެނަމުގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް، ޖޯޝް ބޫން ޑައިރެކްޓުކޮށް 2014 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މި ފިލްމަކީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ ދެމެދުގައި އުފެދޭ ލޯބީގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.