ވިޔަފާރި

މަހު ފީ ހެޔޮކޮށް ދިރާގު އޭޑީއެސްއެލް ގުޅުން ދެމަހަށް ހިލޭ

Jun 5, 2017
1

ދިރާގުން އޭޑީއެސްއެލް އިންޓަނެޓުގެ ހިދުމަތް ގުޅައިދިނުން ދެ މަހަށް ހިލޭކޮށް، މަހުފީ އިން 25 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި މަހުގެ 30 ގެ ނިޔަލަށް ކުރި އަށް ގެންދާ މި ޕްރޮމޯޝަނަކީ މިދިޔަ މަހު ބޭއްވި ޕްރޮމޯޝަންގައި ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

"އަނެއްކާވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ކުރި އަށް ގެންދަން ހަމަޖެއްސީ ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ފައިބަރ އަދި އޭޑީއެސްއެލް ހިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމަށްޓައި އެވެ." ދިރާގުން ބުނެފައިވެ އެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދާ ކުންފުންޏެވެ. މިގޮތުން ދިރާގު ބްރޯޑް ބޭންޑް އިންޓަނެޓު ވިގުގައިން މުޅިރާއްޖެވަނީ އެއްކޮޅުން އަނެއް ކޮޅަށް ގުޅާލާފަ އެވެ.