ބޮލީވުޑް

ރިތިކް ހިސާބު ޕްރޮފެސަރެއްގެ ރޯލު ކުޅެނީ

Jun 8, 2017

ޑައިރެކްޓަރު ވިކާސް ބޭލް ދެން އެންމެ އަވަހަށް ޑައިރެކްޓްކުރާ ފިލްމު "ސުޕާ 30" ގެ ލީޑްރޯލުން ފެނިގެންދާނީ އެކްޓަރު ރިތިކް ރޯޝަން އެވެ.

އިންޑިއާގެ ޕަޓްނާއަށް ނިސްބަތްވާ މެތަމެޓިކްސް ޕްރޮފެސާ، އަނަންދް ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާނީ ރިތިކް ކަމަށް ހަބަރުތައް ބުނާއިރު މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ކުޅޭ ފުރަތަމަ ބައޮޕިކެވެ.

ބުނެވޭ ގޮތުގައި މި ފިލްމުގައި ފެނިގެންދާނީ މެތަމެޓިކްސް ޓީޗަރެއްގެ މަސައްކަތް ކުރަމުން އައި އަނަންދް ވަނީ އައިޓީ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ކުދިންގެ ތެރެއިން މާލީ ހާލަތު ތަން ނުދޭތީ ނުކިޔެ ތިބި ކުދިންނަށް އޭނާ އުފެއްދި ޕްރޮގްރާމެކެވެ.

ޕަޓްނާގައި އޭނާ ފެށި މި ޕްރޮގްރާމް މެދުވެރިކޮށް އަނަންދް ކޮންމެ އަހަރަކު އިގްތިސާދީ ދާއިރާއިން ކިޔަވަން ބޭނުންވެ، އެކަމަކު ނަތީޖާ ދަށް ތިރީސް ކުއްޖަކު ހޮވައި އޭނާ އާއި އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ދޭ އިމްތިހާނަކަށް އެ ކުދިން ތައްޔާރުކުރެ އެވެ.

އަނަންދް ރޯލުން ރިތިކް ފެނިގެންދާ "ސުޕާ 30" އަށް އޭނާ ތައްޔާރުވާން ފަށާނީ އޭނާގެ ދެ ކުދިންނާ އެކު އެމެރިކާ އަށް ވަރަށް އަވަހަށް ޗުއްޓީ އަކަށް ދިއުމަށްފަހު އެވެ.

ރިތިކް އެންމެފަހުން ފެނިގެން ގޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ނިކުތް "ކާބިލް" އިންނެވެ. އެ ފިލްމުގައު ރިތިކް ފެނިގެން ގޮސްފައިވަނީ ލޮލަޑް ނުފެންނަ މީހެއް ރޯލުންނެވެ.

"ސުޕާ 30" ގެ އިތުރުން ރިތިކް މި އަހަރުގެ ތެރޭގައި އޭނާގެ ބައްޕަ އުފައްދާ ފިލްމު "ކްރިޝް 4" ގެ ޝޫޓިން ވެސް ފަށާނެ އެވެ.