ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓްގެ މަގާމަށް ދިރާގުގެ ކުރީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިބްރާހީމް އިމްޖާދު ޖަލީލު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓުގެ މަގަމާށް އިމްޖާދު އައްޔަންކޮށްފައި ވަނީ މިއަދު ކަމަށެވެ.
ދިރާގުގައި އިމްޖާދު ހަ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އިރު ފަސް އަހަރު ހޭދަ ކުރެއްވީ ޕަބްލިކް ރިލޭޝަންގެ ދާއިރާގަ އެވެ. އެއަށް ފަހު މަސައްކަތް ކުރެއްވީ ދިރާގުގެ ޔޫތު މާކެޓް މެނޭޖަރުގެ ގޮތުގަ އެވެ.
އިމްޖާދަކީ ޕޮލިޓިކަލް ސައިންސް އެންޑް އިކޮނޮމިކްސް ކޯޕަރޭޓް ކޮމިއުނިކޭޝަން ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ. އޭނާ ކިޔަވާ ވިދާޅުވީ ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީންނެވެ.
ރައީސް އޮފީހުގައި އިމްޖާދު ކުރައްވާ މަސައްކަތް މީގެ ކުރިން ކުރެއްވީ އަލީ ހާލިދެވެ.