ހަބަރު

ފުލުހުންނާއި އެސްޓީއޯ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ޕޮލިސް ސަވިސް އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިން ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަވިސްގެ ފަރާތުން ސޮއި ކުރެއްވީ އެސިސްޓަންޓް ކަމިޝަނަ އޮފް ޕޮލިސް އަލީ ރަޝީދެވެ. އަދި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު މުރާދެވެ.

އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އިމްޕްރޫވްމަންޓުން ވިއްކާ މުދާ ފުލުހުންނަށް ލުއިފަސޭހަ އަދި ހެޔޮ އަގެއްގައި ލިބުމަށް މަގުފަހި ވެގެންދާނެ އެވެ.