ދުނިޔެ

ފްރާންސް ޕާލަމެންޓްގެ މެޖޯރިޓީ ވެސް މެކްރޯން ހޯއްދަވާނެ ކަމަށް ބެލެވިއްޖެ

Jun 18, 2017

ފްރާންސްގެ ޕާލަމެންޓްރީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު ލާ ވޯޓްގައި ޕާލަމެންޓްގެ މެޖޯރިޓީ އާ ރައީސް އިމެނުއަލް މެކްރޯންގެ އެން މާޝް ޕާޓީއަށް ލިބޭނެ ކަމަށް ބެލެވިއްޖެއެވެ.

ފްރާންސްގެ ޕާލަމެންޓްރީ އިންތިހާބުގައި ވޯޓްލާން ފަށާފައި މިވަނީ ފްރާންސްގެ ފަހުގެ ތާރީހުގައި ދައުލަތުގެ ވެރިއަކަށް ވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާގެ ގޮތުގައި މެކްރޯން ރައީސް ކަމަށް ވަޑައިގެންނެވިތާ އެންމެ މަހެއްގެ ތެރޭގައެވެ. އޭނާ ވެރިކަަމަށް ވަޑައިގެންނެވީ ފްރާންސްގެ ސިޔާސީ ދާއިރާ 'ތާހިރު' ކުރައްވައި އިގުތިސާދަށް ހެޔޮ ބަދަލުތައް ގެންނެވުމުގެ ވައުދާ އެކުގައެވެ. ފްރާންސް ޕާލަމެންޓްގެ މެޖޯރިޓީ އޭނާއަށް ލިބިވަޑައިގެންފި ނަމަ އެ ބަދަލުތައް ފަސޭހަ ކަމާއި އެކު ގެންނެވޭނެއެވެ.

ޚިޔާލުހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ފްރާންސްގައި ވެރިކަން ކުރާ ޕާޓީއަކުން 1968 ހޯދާ އެންމެ ފުޅާ މެޖޯރިޓީ އެންމާޝް ޕާޓީިއަށް މިފަހަރު ލިބޭނެއެވެ.

ފްރާންސްގެ ރައީސް ކަަމަށް ވަޑައިގެންނެވުމަށް ފަހު މެކްރޯންއަށް ކުރައްވަން ޖެހިވަޑައިގެންފައިވާ އެންމެ އުނދަގޫ މަސައްކަތަކީ އެގައުމުގެ ވަޒިފާއާއި ބެހޭ ގާނޫނު އިސްލާހުކުރުމާއި ޕަބްލިކް ސެކްޓާގެ ވަޒީފާތައް މަދު ކުރުމެވެ.