ހަބަރު

އެލްޖީއޭގެ ބޯޑަށް ރައީސް ތިން ބޭފުޅަކު އައްޔަން ކުރައްވައިފި

Jun 20, 2017

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހަތްވަނަ އިސްލާޙު ގެނައުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތިން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ތިން ދާއިރާއެއް ތަމުސީލު ކުރައްވާ މެންބަރުންގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މިއަދު އެލްޖީއޭގެ ބޯޑަށް، އައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ގއ. ކަނޑުހުޅުދޫ ހެޕީކޯނާ، އާމިރު ޢަލީ އާއި ސ. ހިތަދޫ ފަރުދާބަގީޗާގެ، އަހުމަދު ޙަސަނާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ފ. ނިލަންދޫ ހަތިކޮޅު، މިންނާ ރަޝީދެވެ.