ހަބަރު

ޗައިނާގެ ޔޫނާންގައި ރާއްޖޭގެ އޮފީހެއް ހުޅުވަނީ

ޗައިނާގެ ޔޫނާން ޕްރޮވިންސްގައި އިކޮނޮމިކް މިނިސްޓްރީގެ އޮފީހެއް ހުޅުވަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ޗައިނާގައި އެ މިނިސްޓަރީގެ އޮފީހެއް ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި މި އަހަރުގެ ކުންމިން ފެއާގައިވެސް އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އެ އޮފީހަކީ ޓްރޭޑް ކަންކަމާއި ގުޅުން ހުރި ކަންކަން ކުރުމަށް ހުޅުވިގެންދާނެ އޮފީހެއް ކަމަށް ވެސް ވިދާޅުވި އެވެ.


ތައުފީގު އިތުރަށް ވިދާޅުވީ ކުންމިން ފެއާ ގައި ރާއްޖޭގެ ޕްރޮޑަކްޓް ތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި މި ދަތުރުގެ ސަބަބުން ވިޔަފާރި ގުޅުންތައް ބަދަހިވެ ވިޔަފާރީގެ އިތުރު މުއާމަލާތްތަކެއް ކުރެވުނު ކަމަށެވެ.

ކުންމިން ފެއާ އަކީ އޭޝިއާ ސަރައްދުގައި ބާއްވާ އެންމެ ބޮޑު ފެއާ އެވެ. މިފަހަރުގެ ފެއާގައި 4،000 އަށްވުރެ ގިނަ ކުންފުނިން 8،000 ސްޓޯލެއް ބަހައްޓާފައިވެ އެވެ. މި ފަހަރުގެ ފެއާގައި ރާއްޖޭގެ ހަތަރު ކުންފުންޏަކުން ބައިވެރިވެފައި ވެއެވެ. މިއީ ރާއްޖެއިން މި ފެއާގައި ބައިވެރިވި ހަތަރުވަނަ ފަހަރެެވެ.