ހަބަރު

އީދު ހަނދު ސާބިތު ކުރާ ޖަލްސާ މިރޭ 9:30 ގައި

Jun 24, 2017

މި އަހަރުގެ ފިތުރު އީދަށް ހަނދު ސާބިތު ކުރުމުގެ ޖަލްސާ މިރޭ 9:30 ގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާގައި ފުރަތަމަ އޮންނާނީ ޝައްވާލު މަހުގެ ހަނދާބެހޭ ގޮތުން ފަލަކީ ކޮމެޓީގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިނުމެވެ. ފަލަކީ ގޮތުން ދައްކާ ގޮތުގައި ޝައްވާލު މަހުގެ އެކެއް ވާނީ މާދަމާއަށެވެ.

މިރޭގެ 10:00 ގައި ޝައްވާލު މަހުގެ ހަނދާބެހޭ ގޮތުން ނެރުއްވާ ބަޔާން އިއްވަވާނެ އެވެ. އެ ބަޔާން އިއްވަވާ ދެއްވާނީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދެވެ.

ބަޔާން އިއްވަވާ ނިންމުމާއެކު ހަނދު ސާބިތުވެއްޖެނަމަ އެމްއެންޑީއެފްގެ ފަޔާ ސްކޮޑުން ބަޑި ޖަހާނެ އެވެ.