ދުނިޔެ

ރަތް ރޮނގު ހުރަސް ނުކުރަން ޝީޖިންްޕިން ގޮވާލައްވައިފި

ހޮންކޮންގައި އޮންނަ ޗައިނާގެ ސިޔާދަތީ ބާރަށް ބުރުއާ އަރާ ގޮތަށް އެއްވެސް ކަމެއް ކުރަން ޖާގަ ނުދެއްވާނެ ކަަމަށް ވިދާޅުވެ، ޗައިނާގެ ރައިސް ޝީޖިންޕިން ހޮންކޮންްގެ އިދިކޮޅު ފަރާތްތަަކަށް އިންޒާރެއް ދެއްވައިފި އެވެ.

އިނގިރޭސިންގެ އަތްދަށުން ހޮންކޮން އަނބުރާ ޗައިނާއަށް ލިބުނުތާ 20 އަހަރު ފުރުން ފާހަގަ ކުރުމަށާއި ހޮންކޮންގެ އާ ޗީފް އެގްޒެކެޓިވް ކެރީ ލާމް މަގާމުގެ ހުވާ ކުރެއްވުމަށް ބޭއްވި ހަފުލާފައި ވާހަކަފުޅު ދައްކަވަމުން ޝީޖިންޕިން ވިދާޅުވީ ހޮންކޮންގް ބޭނުން ކޮށްގެން ޗައިނާ ސަރުކާރަށް ގޮންޖަހަން އުޅުމަކީ ރަތް ރޮނގު ހުރަސްކުރުން ކަމަށެވެ.

"ޗައިނާގެ ސިޔާދަތާ ސަލާމަތަށް ނުރައްކާވާ އެއްވެސް ކުރުން، މަރުކަޒީ ސަރުކާރުގެ ބާރަށް ގޮންޖެހުން ނުވަތަ ޗައިނާގެ ތެރެއަށް ވަދެ ގަތުމަށާއި ސަރުކާރަށް ނުރައްކާ ވާފަދަ ހަރަކާތެއް ހިންގުމުކަކީ ރަތް ރޮނގު ހުރަސް ކުރުމުގެ އަމަލެއް،" ޗައިނާގެ ރައީސް ޝީ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ޝީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ހޮންކޮންގައި ޗައިނާއާ ދެކޮޅަށް ބަައެއް މީހުން ނުކުމެ މުޒާހަރާ ކުރާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.