ޖަޕާނުގައި އަސްކަރީ ފަރިތަކުރުންތަކެއްގައި ދެ ހެލިކޮޕްޓަރު ޖެހި އެކަކު މަރުވެ ހަތް މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ބުނެފި އެވެ.
ދިފާއީ ވުޒާރާއިން ބުނާ ގޮތުން މި ހާދިސާ ހިނގީ ރޭގަނޑުގެ ވަގުތެއްގައި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާ ބެހޭ ފަރިތަކުރުންތަކެއްގަ އެވެ.
ޖަޕާންގެ ދިފާއީ ވަޒީރު މިނޮރޫ ކިހާރާ ވިދާޅުވީ ގޮތުން ދެ ހެލިކޮޕްޓަރު ޖެހުނީ މުއާސަލާތުގެ ކުށަކުންނެވެ. ދެ އުޅަނދަށް އެއް މަގެއް އިޚުތިޔާރުކުރެވުނީ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވަރަށް ރަނގަޅަށް ދިރާސާކުރައްވާނެ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ. އަދި މި ފަދަ ހާދިސާތައް މަދުކުރެވޭނެ ގޮތްތައް ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖަޕާން އަކީ މިފަހުން ވަރަށް ގިނައިން އަސްކަރީ ފަރިތަކުރުންތަކުގައި ބައިވެރިވާ ގައުމެކެވެ. ދެކުނު ޗައިނާ ކަނޑުގައި -- ޗައިނާގެ ނުފޫޒުން ރައްކާތެރިވުމަށް އެމެރިކާގެ އެހީތެރިކަމާ އެކު ޖަޕާނާއި ދެކުނު ކޮރެއާއިން ދޭތެރެ ދޭތެރެއިން އަސްކަރީ ފަރިތަކުންތައް ބާއްވަ އެވެ.
އަނެއްކޮޅުން އުތުރު ކޮރެއާ އަކީ ވެސް ސަރަހައްދީ މަސްލަހަތުގައި ޖަޕާނަށް އޮތް ގޮންޖެހުމެކެވެ.
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު އޮތް ވާދަވެރިކަމާއި ނަފުރަތަކީ ވެސް ޖަޕާނަށް އޮތް ވަރަށް ބޮޑު ބިރުވެރިކަމެކެވެ.
މި ދެ ގައުމުގެ ދެމެދުގައި ހިނގާފާނެ ހަނގުރާމައަކަށް ސަމާލުވުމަކީ ވެސް ޖަޕާނުގެ ދިފާއަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
ދެ ހެލިކޮޕްޓަރު ޖެހުނު ހަދިސާގައި، ފްލައިޓް ރެކޯޑަރު މިހާރު ވަނީ ހޯދާފަ އެވެ. އަދި އެކްސިޑެންޓްގައި ބުރައިގެން ދިޔަ ބުރަފައްޗާއިން ހެލިކޮޕްޓަރުގެ ބައިތައް ވެސް މިހާރު ވަނީ ހޯދާފަ އެވެ.