ކްރިސްޓިއާނޯ ރޮނާލްޑޯއަށް އިތުރު ދެ ދަރިން ލިބުނުތާ އަދި މާގިނަ ދުވަހެއް ނުވަ އެވެ. އެއް މާބަނޑު ދެ ކުދިންނާއެކު ރޮނާލްޑޯއަށް މިހާރު ތިން ދަރިން ލިބިއްޖެ އެވެ. ދެ ފިރިހެން ކުދިންނާ އަންހެއް ކުއްޖެކެވެ. ރޮނާލްޑޯއަށް ހަތަރު ވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް އަނެއްކާ އަޑުތައް ނިކަން ގަދައަށް އިވެމުން އެބަ ދެ އެވެ.
ކުޅިވަރު ހަބަރުތައް ގެނެސްދޭ ބައެއް ފަރާތްތަކުން ބުނަނީ ރޮނާލްޑޯގެ ލޯބިވެރިޔާ ޖިއޯޖިނާ ރޮޑްރިގޭޒް ރޮނާލްޑޯގެ ދަރިއަކަށް ބަނޑުބޮޑު ކަމަށެވެ. އަދި ބަނޑަށް ފަސް މަސް ކަމަށެވެ. ޖިއޯޖީނާ އަށް ލިބެނީ އަންހެން ކުއްޖެއް ކަމަށްވެ އެވެ.
ރޮނާލްޑޯގެ އާއިލާ އާ ރައްޓެހިންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ޖޯޖީނާ ވިހާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ.
ޖޯޖީނާ ބަނޑުބޮޑު ކަމުގެ ވާހަކަތައް ފެތުރެން ފަށާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ރޮނާލްޑޯ އިންސްޓަގްރާމްކޮށްފައިވާ ފޮޓޯ އަކާ ގުޅިގެންނެވެ. އެ ފޮޓޯގައި ރޮނާލްޑޯ އަދި ޖޯޖީނާ ސޯފާއެއްގައި ތިބޭއިރު ދެ މީހުން ތިބީ ޖޯޖީނާގެ ބަނޑުގައި އަތް ވަށާލައިގެންނެވެ. އަދި މީގެ އިތުރުން ދެ މީހުން ކޯސިކާ އަށް ޗުއްޓީ ހޭދަކުރުމަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް ފެނިގެން ދިޔަ ފަހުންނެވެ. އެފޮޓޯގައި ޖޯޖީނާ ލާފައި ހުންނަ ބާރު ހެދުމުގެ ސަބަބުން ބަނޑު ވަރަށް ބޮޑަށް އެނގެ އެވެ.
އެހެން ނަމަވެސް އެކަމާ ގުޅިގެން ރޮނާލްޑޯ އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރޮނާލްޑޯގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާގެ އުމުރުން ހަތް އަހަރެވެ. ރޮނާލްޑޯ ޖޫނިއާ އަދި އެއް މާބަނޑު ދެ ކުދިންގެސް އޭނާ ހޯދާފައިވަނީ ސަރޮގޭޓް މަންމައެއް މެދުވެރިކޮށެވެ. އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.