ކުޅިވަރު

ޕެޕޭ ތުރުކީގެ ބެސިކްޓަސްއަށް ސޮއި ކޮށްފި

Jul 5, 2017

ރެއާލް މެޑްރިޑްގައި 10 އަހަރު ހޭދަ ކުރުމަށްފަހު، ޕޯޗްގަލްގެ ޑިފެންޑަރު ޕެޕޭ، ޓާކިޝް ލީގްގެ ބެސިކްޓަސް ޖޭކޭ ފުޓްބޯޅަ ޓީމަށް ސޮއިކޮށްފި އެވެ.

ރެއާލްއާއެކު ޕެޕޭ ހަދާފައިވާ އެއްބަސްވުން ވަނީ ހަމަ ވެފަ އެވެ. އެހެންވެ، އޭނާ ބެސިކްޓަސް އަށް ސޮއި ކުރީ، ހިލޭ ޓްރާންސްފާ އެއްގެ ދަށުން ނެވެ. ބެސިކްޓަސް އަށް ޕެޕޭ ބަދަލު ވުމުގެ ކުރިން، ފްރާންސްގެ ޕީއެސްޖީއާ ދެމެދުވެސް، ވާހަކަ ދެކެވުނެވެ. ނަމަވެސް ބެސިކްޓަސް އަށް އޭނާ ބަދަލުވީ ޕީއެސްޖީއާ ދެމެދު ދެކެވުނު ވާހަކަތައް ނާކާމިޔާބު ވުމުން ނެވެ.

ސްޕެއިންގެ މާސާއިން ބުނެފައި ވަނީ، ޕެޕޭ، ބެސިކްޓަސް ގައި ސޮއި ކުރި ނަމަވެސް، އަދި އެޓީމުގެ މެޑިކަލް ޓެސްޓްތައް ފުރިހަމަ ނުކުރާ ކަމަށެވެ. ތުރުކީގެ ބައެއް ރިޕޯޓްތައް ބުނެ ފައި ވަނީ ޕެޕޭ، ބެސިކްޓަސްއާއެކު ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ކޮންމެ ސީޒަނެއްގައި 3.25 މިލިއަން ޔޫރޯ އެވެ.

ތުރުކީގެ ލީގަކީ، ޔޫރަޕްގެ ގަދަ 10 ގެ ތެރޭގައި ހިމެނޭ ލީގެކެވެ. ރޮބިން ވެންޕާސީ އާއި ސެމިއުލް އެޓޫ ފަދަ މަޝްހޫރު ބައެއް އެހެން ތަރިން ދަނީ ތުރުކީ ލީގްގައި ކުޅެމުން ނެވެ. ތުރުކީގެ އެންމެ ކާމިޔަބު ޓީމަކީ، ގަލަތަސަރާއީ އެވެ. އެ ޓީމުން ވަނީ 20 ފަހަރު ތުރުކިގެ ލީގް ކާމިޔާބު ކޮށްފަ އެވެ. އެޓީމާ އެންމެ ވާދަ ވެރި ފެނަބާޗޭ ލީގް ކާމިޔާބު ކޮށްފައި ވަނީ 19 ފަހަރު އެވެ.

މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ޓީމަކީ، ބެސިކްޓަސް އެވެ. އެޓީމުން ވަނީ 15 ފަހަރު ލީގް ކަމިޔަބު ކޮށްފަ އެވެ.