ކުޅިވަރު

ބާސާގެ އެއްބަސްވުން އިތުރު ކުރަން މެސީ އެއްބަސް ވެއްޖެ

Jul 5, 2017

އެފްސީ ބާސެލޯނާ އާއެކު އެއްބަސްވުން އިތުރު ކުރުމަށް އެ ޓީމުގެ އެއް ވަނަ ކުޅުންތެރިޔާ ލިއޮނަލް މެސީ އެއްބަސް ވެއްޖެ އެވެ. ބާސާއާ އެކު މެސީ މިހާރު އޮތް އެއްބަސްވުން ހަމަވާން ބަކީ އޮތީ އެންމެ ސީޒަނެކެވެ.

ބާސާއާ އެކު އެއްބަސްވުން އިތުރު ކުރުމަށް މެސީ އެއްބަސް ވަނީ 2021 ވަނަ އަހަރުގެ ނިޔަލަށެވެ. ބާސާއިން ބުނީ، މިވަގުތު ޗުއްޓީގައި ހުރި ކުޅުންތެރިޔާ ދެތިން ހަފުތާއެއްގެ ތެރޭގައި އެނބުރި އައިސް ބާސާގެ އާ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ.

މީގެ އެއް އަހަރު ކުރިންވެސް، ބާސާއިން ވަނީ މެސީ ލައްވައި އާ އެއްބަސްވުމެއްގައި ސޮއި ކުރުވަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އޭރު ހުށަހެޅި ހުށަހެޅުމަށް މެސީ ވަނީ ނޫނެކޭ ބުނެފަ އެވެ.

"މިއީ ކުލަބަށް ލިބުނު ވަރަށް ބޮޑު އުފަލެއް، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުން އާ ކުރަން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީ ދިން ޔަގީން ކަމާއެކު ވަރަށް ބޮޑު އުފަލެއް ކުލަބަށް ލިބިއްޖެ، މެސީ ވަނީ ބާސާގެ ކެރިއަރުގައި ބަސާ އަށް އާދަޔާހިލާފް ކާމިޔާބުތަކެއް ހޯދައިދީފައި އެއީ ދުނިޔޭގެ އެއްވެސް ތަނަކުން ހޯދުނު ކާމިޔާބު ތަކެއް ނުން." ބާސާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބާސާ އާއެކު މެސީ ވާ އެއްބަސް ވުމަކީ، 300 މިލިއަން ޔޫރޯ (5.233 ބިލިއަން ރުފިޔާ) އަގު ހުރި އެއްބަސް ވުމެކެވެ.