ހަބަރު

ކޮންމެ އެއްޗަކަށް އަގެއް އޮންނާނެ، ވަކިވީ އެއްޗެއް ނުލިބިތަ؟: ރިޔާޒު

Jul 13, 2017
11

ކޮންމެ އެއްޗަކަށް ވެސް އަގެއް އޮންނާނެ ކަމަށާއި ޕީޕީއެމުން ވަކިވެ ވަޑައިގެންނެވި މަޖިލިސް މެންބަރުން އެ ޕާޓީއިން ވަކިވަޑައިގެންނެވީ އެއްވެސް އެއްޗެއް ނުލިބިތޯ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ސުވާލު ކުރައްވައިފި އެވެ.

ރިޔާޒު ވިދާޅުވީ ކޮންމެ އެއްޗަކަށް ވެސް އަގެއް އޮންނާނެ ކަމަށެވެ. އަދި 32 މިލިއަން ނުވިކޭނެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ހުރެދާނެތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މަޖިލިސް މެންބަރުން އެއީ ވިކޭ ބައެއް ކަމަށް ގިނަ ދިވެހިން ގަބޫލު ކުރާ ކަމަށެވެ.

މި ވާހަކަތައް ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު މިރޭ ޓްވިޓާއަށް ދޫކޮށްލެއްވި އިރު ކޮރަޕްޝަން މަނާ ކުރުމާއި ހުއްޓުވުމުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހު ވެސް ހިއްސާކޮށްފައި ވެއެވެ.