ކުޅިވަރު

ސާފިން ކަނޑުން ކުއްލިއަކަށް ތަރިއެއް!

Jul 20, 2017
5

މިއީ އުމުރުން 14 އަހަރުގެ އަހަރުގެ ހަސަން މާހިރު (ހަންޓޭ) އެވެ. ކުއްލިއަކަށް މި ހަންޓޭއެއްގެ ވާހަކައިން އަޑު ގަދަ ކޮށްލައިފި އެވެ. ދިވެހި ސާފިން ކަނޑުގައި ވަރުގަދައަށް ފުންމައިގަންނާނެ ތަރިއަކަށް މި ހަންޓޭ ވެއްޖެ އެވެ. ހަންޓޭގެ ވާހަކަ އެންމެން އޮލަ ކޮށްލާފައި ދައްކަން ފެށީ، މިމަހު 13 މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އަވަށްޓެރި ލަންކާގެ ކޮލްޕިޓިޔާގައި ކުރިއަށްދިޔަ "ރެޑްބުލް ލޯކަލް ހީރޯ ޓުއާ – ކައިޓް ސާފިންގް" ޓްއާ ގައެވެ.

އުމުރުން 14 އަހަރުގެ ކުއްޖަކު ރާޅުތަކުގެ ތެރޭގައި ފުންމަމުން ދިއުމުން އެ މެންޒަރުވީ މުބާރާތުގައި ބައިވެރިވި އެހެން ގައުމުގެ ސާފަރުންނަށް ވެސް އަޖައިބު ކުރުވަނިވި ކަމަކަށެވެ. ޓްއާގައި ގައި ބައިވެރިވެ އެހާ ޒުވާން އުމުރުގައި އެކި ގައުމުތަކުގެ ސާފަރުންނާ ވާދަކޮށްލަން، ލިބުންވީ ހަންޓޭއަށް ވެސް "މާ ފައްކާ" ކަމަކަށެވެ.

ލަންކާގައި ކައިޓް ސާފިން ޓްއާ އޮތްކަން، އޭނާ އަށް ޚަބަރު ދިނީ ރެޑްބުލްގެ ފަރާތުން ނެވެ. ރެޑްބުލްގެ ހަރަދުގައި، އެ ޓްއާގައި ވަދަ ކުރުމަށް ހަންޓޭ ލަންކާ އަށް ފޮނުވި އެވެ. ސާފިންގެ ޓްރިކްތައް އޭނާ ދަސް ކުރީ، އިންސްޓްރަކްޓާ ކޮޗޭ އާއި ހަސަނުގެ ކައިރިން ނެވެ. އެމީހުންވެސް ވަނީ ހަންޓޭއާ އެކު އެ ޓްއާއަށް ގޮސްފަ އެވެ.

ސާފިންގެ ދުނިޔޭގައި، ހަންޓެގެ ހީރޯއަކީ، ހޮލެންޑްގެ ރޫބެން ލެންޓެން އެވެ. ލެންޓެންއަކީ، ރެޑްބުލް ކިންގް އޮފް އެއާ ސާފިންގެ ޗެމްޕިއަނެކެވެ. ލެންޓެން 29، ސާފިން ކުރަން ފެށީ އޭނާ ގެ އުމުރުން 12 އަހަރުގަ އެވެ. ހަންޓޭ ސާފް ކުރަން ފެށީ އޭނާގެ އުމުރުން 13 އަހަރުގަ އެވެ. ރެޑްބުލް ލޯކަލް ހީރޯ ޓުއާ ގައި ހަންޓޭ ވަނީ އޭނާގެ ހީރޯ ލެންޓެންއާ ބައްދަލު ކޮށްފަ އެވެ.

"ވަރަށް މަޖާ. ވަރަށް ބައިވަރު އާ ކަންތައްތަކެއް ދަސްވި،" ރެޑްބުލް މޯލްޑިވްސްގެ މީޑިއާއާ ވާަހަކަ ދައްކަމުން ހަންޓެ ބުންޏެވެ. "އެއަށްވުރެ ބޮޑަށް އިންސްޕަޔާވި ލެންޓެން އާ ބައްދަލުވުމުން ވަރަށް ބޮޑު އުފަލެއް ލިބުނު."

ބ. ގޮއިދޫއަށް ނިސްބަތްވާ ހަންޓޭ ސާފިންގައި ކުރިއަށް ދިއުމަށް، އޭނާގެ މައިންބަފައިންނާއި ސްކޫލްގެ ސަޕޯޓް ވެސް އެބައޮތެވެ. އޭނާ ހުރީ ޕްރޮފެޝަނަލް ކެރިއާއެއް ގޮތަށް ކުރިއަށް ދިއުމަށް ތައްޔާރަށެވެ.

"ހޮބީއަކަށްވުރެ ބޮޑަށް ކައިޓްސާފިންގްއަކީ ކުރިއަށް އޮތް ތާނގައި ޕްރޮފެޝަނަލީ ކުރަން ބޭނުންވާ ކަމެއް. ރާއްޖޭގެ ކައިޓްސާފިންގް މުޖުތަމައު ބޮޑުވެ ގިނަ މުބާރާތްތައް ބޭއްވޭތޯ އެންމެ ބޮޑަށް އުންމީދު ކުރަނީ. އަދި ދެން އޮތް 5 އަހަރު ތެރޭ އިރާދަކުރެއްވިއްޔާ ޕްރޮފެޝަނަލްއަކަށް ވުން ހަންޓެގެ ގޯލަކީ."

ހަންޓެ ވަނީ، ރޭ އޮލިމްޕިކް ކޮމިޓީ އިދާރާ ގައި އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީއާ އަހްމަދު މަރުޒޫގްއާ ބައްދަލު ކޮށްފަ އެވެ. "އަޅުގަނޑު ވެސް ހަންޓެ ދަންނަތާ ދެ އަހަރެއް ވަރު ވެއްޖެ، އަދި ކިރިޔާ މި ބައްދަލުވީ، ކުރިއަށް ދިއުމުގެ ރޫހް ހުރި ކުއްޖެއްގެ ގޮތުގައި ފެނުނީ އަދި އެންމެ ހަރުދަނާ ސްޕޯޓްސް މަނަކަށް ވުމުގެ ކެލިބާ ހަންޓެގެ ކިބައިގައި އެބަހުރި." މަރޭ ބުންޏެވެ.