ހަބަރު

ކާނިވާ ސަރަހައްދަށް އުދަ އަރަން ފަށައިފި

Jul 23, 2017

ކާނިވާ ސަރަހައްދަށް އަނެއްކާވެސް އުދަ އަރައިފި އެވެ. އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.

އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކް ކޮށްފައިވާ ގިނަ އުޅަނޑުތަކަށް ވަނީ ލޮނުގެ އަސަރު ކޮށްފަ އެވެ. އަދި އެ ސަރަހައްދުގެ ބޮޑު ބައެއްގައި ވަނީ ލޮނުއަރައި ފެން ބޮޑުވެފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި ކެފޭތަކަށް ލޮނުގެ އަސަރު ކޮށްފައިނުވާ ނަމަވެސް ކެފޭތަކަށް ވަނުމަށް އާންމުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ.

މިއަދުގެ މޫސުމާ ބެހޭގޮތުން މެޓް އޮފީހުން ބުނީ ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުއަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ތިން މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު 30 މޭލު ބާރުމިނަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް މަޑުވެފައި ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.