ހަބަރު

ފީނަނިކޮށް ޑީކޯވި މީހަކު އައްޑުއަށް ގެންގޮސްފި

Jul 23, 2017

އެންދަމަށް ފުޅި އަޅައިގެން ފީނަން އުޅުނު މީހަކު އަނެއްކާވެސް ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން ސިފައިން އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފި އެވެ.

އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު ހެނދުނު ގަމަށް ގެންގޮސްދީފައިވަނީ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 50 އަހަރުގެ ދިވެއްސެކެވެ. އެ މީހާ ގަމަށް ގެންގޮސްދީފައިވަނީ ޞިއްހީ އިތުރު އަވަސް ފަރުވާއަށް ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ގެންދަން ހޮސްޕިޓަލުން އެދިގެނެވެ.