ހަބަރު

މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ ހަފުތާގައި

މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާ ކަމަށާއި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މިމަހު 31 ވާ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ޖަަލްސާއެއް ދެން އޮންނާނީ މަމަހު 31 ވާ ހޯމަ ދުވަހު ކަމަށާއި މިއަދުން ފެށިގެން މިމަހުގެ 31 ހާ ހަމަޔަށް މަޖިލީހުގެ ޖަލްސާއެއް އަދި ކޮމެޓީ ބައްދަލުވުމެއްވެސް ނޯންނާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައި ވާ ކަމަށެވެ. އަދި މަޖިލިސް މެދުކަނޑާލާފައިވަނީ މިނިވަން ދުވަހުގެ ހާއްސަ ޕްރޮގްރާމް ތަކާއި ސެކިއުރިޓީ ކަންކަމުގެ މައްޗަށް ރިއާޔަށް ކޮށް ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

31 ވަނަ ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް، ތ. ކަނޑޫދޫގެ ތޮށިލުމުގެ މަސައްކަތާ ބެހޭ ގޮތުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ސުވާލު ކުރުމަށެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވާއިރު އިދިކޮޅު ފަރާތްތަކުން މާދަމާ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު އަހުމަދުގެ އިތުބާރުނެއް މައްސަލައިގެ ވޯޓް ނަގާނެ ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.