ޖުމްހޫރީޕާޓީގެ އޮފީސް، މ. ކުނޫޒް ސަހަރައްދަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ފުލުހުން އެސަރަހައްދު ބަންދުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ ކުނޫޒް ސަރަހައްދު ވަނީ ފުލުހުން އެއްކޮން ބަނދުކޮށް އެ ސަރަހައްދު ހިސޯރު ކޮސްފައި ކަމަށެވެ. އަދި ކުނޫޒު ތެރެއަށް އެތަނުގެ މަސައްކަތް ކުރާ މުއައްޒަފުންނާއި އާންމުންގެ މީހުންވެސް ވަނުމަށް ފުލުހުން ދަނީ ހުރަސް އަޅަމުން ކަމަށް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ކުނޫޒު ދޮރުމައްޗާ ދިމާލުން ކަހަލަ ގޮތަކަށް ފުލުހުން ވަނީ އެސަރަހައްދަށް އެކަކަށްވެސް ނުވަދެވޭ ގޮތަށް ބަންދު ކޮށްފައި ކަމަށެވެ. ނަމަވެސް މިރޭ ބާއްވަން ހަމަ ޖެހިފައިވާ ޖަލްސާ ކެންސަލް ނުކުރާ ކަމަށާއި މިރޭ އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ އޮންނާނެ ކަމަށެވެ.
"މުޅި ސަރަހައްދު ވަނީ ފުލުހުން ހިސޯރު ކޮށްފައި. ކުނޫޒަށް އެކަކަށްވެސް ނުވަދެވޭ. މިތާ މަސައްކަތް ކުރާ މީހުންނަށްވެސް ނުވަދެވޭ. ޖަލްސާ ކެންސަލްއެއް ނުވޭ. ޖަލްސާ އޮންނާނެ." ސޯލިހު ވިދާޅުވި އެވެ.
އިދިކޮޅު މަޖިލިސް މެންބަރުން މިއަދު ކުނޫޒްގައި ބޭއްވި ކުއްލި ބައްދަލުވުން ނިންމާލުމަށްފަހު މަޖިލީހުގެ އިދާރާއަށްދާން ހިންގައިގަތުމުން ފުލުހުންވަނީ އެސަރަހައްދު ބަންދުކޮށް ކުރިއަށް ދިޔަ ނުދީ ހުރަސް އަޅާފަ އެވެ. ނަމަވެސް މާ ގިނަ އިރުތަކެއްނުވެ ފުލުހުން ވަނީ މެންބަރުން މަޖިލީހަށް ދާން ހުއްދަދީ އެ ސަރަހައްދުން އެއްފަރާތައް ޖެހިފަ އެވެ.