ފުލުހުންނާއި ސިފައިން އަދި ކޯޓުތައް ބޭނުން ކުރަނީ ސިޔާސީ ގޮތުން ބަލިވީމާތޯ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ސުވާލު އުފައްދައިފި އެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން ކުރަމުންދާ މަސައްކަތެއް ކަމަށާއި އެ ކަމަކީ އިސްލާހަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި ސުވާލު ކުރައްވަނީ ފުލުހުންނާއި ސިފައިން އަދި ކޯޓުތައް ބޭނުން ކުރަނީ ސިޔާސީ ގޮތުން ދޭނެ ޖަވާބެއް ނެތީމަތޯ އެވެ. ސިޔާސީ މައިދާނުގައި ސަރުކާރުން ބަލިވީމަތޯ އެވެ.
ސިޔާސީ މަސްރަހު ހަލަބޮލިވެ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާތައް ފުލުހުން ގެންދަނީ ރޫޅާލަމުންނެވެ. އަދި މުޒާހަރާ ތަކުގަައި ބައެއް ބައް މީހުންނަށް އަނިޔާވެފައިވާކަމަށް ބުނާއިރު ބައެއް މީހުން ހައްޔަރު ކޮށްފައިވެސް ވެއެވެ. އިދިކޮޅު ފަރާތްތަކުން މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވަދެފަ އެވެ.