ހަބަރު

ޑިންގީއެއްގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހަކު ހޯދައިފި

Jul 28, 2017

ކ.މާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ޑިންގީއެއްގައި ފުރި މީހެއްގެ ހަބަރެއް ނުވެގެން ހޯދަނިކޮށް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވަނީ މެންދުރު ފަހު 3:03 ހާއިރު ކަމަށެވެ. އެ މީހާ ފެނިފައިވަނީ މިއަދު ހަވީރު 16:59 ހާއިރު މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް ސަރަޙައްދުން ކަމަށެވެ. ފެނުނު އިރު އެ މީހާގެ ހާލު ރަނގަޅެވެ.

އެ ހާދިސާގައި ހަބަރެއް ނުވެގެން ހޯދި 54 އަހަރު ގެ މީހާ ހޯދުމަށްޓަކައި ކޯސްޓްގާޑު މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ މީހާ ހޯދަން އެސަރަހައްދުން ދަތުރު ކުރާ ސީ ޕްލޭންގެ އެހީތެރިކަމަށްވެސް ވަނީ އެދިފަ އެވެ.

އެ މީހާ ގެއްލުނީ ދަތުރުކުރަމުން ދިޔައިރު އެރި އޮޅުމަކުން ކަމަށްވެ އެވެ. އެމްއެންޑީއެފުން މިހާރު އޭނާ މާލެ ގެނެސްފި އެވެ.

ވިއްސާރަވެ މޫސުން ގޯސް ވުމުގެ ސަބަބުން މިއަަދު ވަނީ ލޯންޗެއްވެސް ދިޔަވެ އަޑިއަށް ގޮސްފަ އެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.