ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާހަނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ ސިފައިން ހަރަކާތްތެރިވަމުން އެބަދެ އެވެ. އަލިފާންގަަނޑު މިހާރު ވަނީ ނިއްވާލާފަ އެވެ.
އެމްއެންޑީއެފްއިން ބުނީ، އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރިއޮއްސި 18:00 ހާއިރު ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައިނުވާ ކަމަށެވެ.
މަޖިލިސް އިދާރާގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގާފައިވާއިރު މި ދުވަސްވަރު އެ މަޖިލީހުގައި ސިފައިން ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ.