ވިޔަފާރި

ތޯމަސް ކުކް އިން ޔޫއޭއީ އާއި ރާއްޖޭގައި ރިސޯޓެއް ހުޅުވަނީ

ތޯމަސްކުން އިން ރާއްޖެ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ރިސޯޓެއް ހުޅުވަން ތައްޔާރުވާން ފަށައިިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް އޮންލައިންތަކުގައިވާ ގޮތުގައި ތޯމަސް ކުކްގެ އަމިއްލަ މަރުކާއެއްގެ ގޮތުގައި ޔޫއޭއީގައި ސްމާޓްލައިން ރަސްއަލް ކައިމާހް ބީޗް ރިސޯޓު ހުޅުވަން ހަމަޖައްސާފައިވަނީ ނޮވެމްބަރު މަހު އެވެ.

މި ރިސޯޓު ހަދަނީ ހުޅުވަނީ ދުބާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން 45 މިނެޓުން ދެވޭ ހިސާބުތަ އެވެ. މި ރިސޯޓުގައި 700 މީޓަރުގެ ބީޗަކާއި ތިން ސުވިމިން ޕޫލްގެ އިތުރުން އެތަށް ހިދުމަތްތަކެއް ހުންނާނެ އެވެ.

މީގެ އިތުރުން އެ ކުންފުނިން ހިންގަން ފަށާ، އެރިއަދޫ ރިސޯޓު މި އަހަރު ތެރޭގައި ހުޅުވާނެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި އަހަރާއި އަންނަ އަހަރު އިތުރު 22 ތަނެއް ހުޅުވަން ވަނީ ނިންމާފަ އެވެ.