ހަބަރު

ފުލުހެއް ގަޔަށް ވަޅިހެރުމުން އައިސީޔޫގައި ފަރުވާދެނީ

Aug 5, 2017
9

މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗިހިތަކެއް ވައްދަން އުޅެނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރި ފުލުހުަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭ 1:00 އެހާކަންހާއިރު މާލެއިން ފުރައިގެން މާފުއްޓަށް ދިޔަ ލޯންޗަކުން އައި މީހަކު ފުންމާލައިގެން މާފުއްޓަށް އަރަން އުޅަނިކޮށް އެ މީހާ ހުއްޓުވަން މޫދަށް ފުންމާލި ފުލުސް މީހާއަށް ރަށަށް އަރަން މަސައްކަތް ކުރި މީހާ ތޫނު އެއްޗަކުން ހަމަލާދީފައިވާ ޒަހަމްކޮށްލި ކަމަށެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނޭނގެ އެވެ. ލޯންޗާއި ހަތަރު މީހަކު އެ މައްސަލައިގައި މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.