ހަބަރު

ގޮނޑީގެ މައްސަލަތަކުގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، ސުޕްރީމް ކޯޓް އިލްތިމާސްކުރި އެ މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

އަޑުއެހުންތައް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، މައްސަލަތަކުގެ އަޑުއެހުންތައް ނިންމުނީ ކަމަށާއި ދެން އޮންނާނީ އެ މައްސަލަތަކުގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ. އެ މައްސަލައިގައި ވަރަށް އަވަހަށް ހުކުމް ކުރާނެ ކަމަށް ބެލެވެ އެވެ.

މިއަދުގެ މަޖިލީހުގައި ވެސް ވައްޑެ އާއި އަމީތު އަދި ސައުދު ވަނީ އޭނާ ޕީޕީއެމްއިން ވަކިކުރީ ސުޕްރީމް ކޯޓްގެ ހުކުމުގެ މާކުރިން ކަމަށާއި ދެ ފަހަރަށް އޭނާ ޕީޕީއެމް އިން ވަކިކުރެވޭނެ އުސޫލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުން މިއަދުވެސް ބުނީ، އެ ތިން މެންބަރުން ޕީޕިއެމް އިން ވަކިކުރި ކަމަށް ބަލާނީ ދަފްތަރުން އޭނާގެ ނަން އުނިކުރުމުން ކަމަށާއި އިލެކްޝަންސް އިން އެކަން ކުރީ ހުކުމުގެ މާފަހުން ކަމަށެވެ.

މެންބަރު ލަތީފްގެ މައްސަލާގައި ވެސް ދައުލަތުން ބުނެފައިވަނީ، އޭނާ ޕާޓީން ވަކިވެފައިވަނީ 18 ޖުލައިގައި ކަމަށާއި އެއީ ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީން ވަކިކޮށްދިނުމަށް ޕީޕީއެމްއިން އެދުމުން ކަމަށެވެ. ނަމަވެސް ލަތީފްގެ ވަކީލް ވިދާޅުވީ، އޭނާ ވަނީ މާކުރިން ޕާޓީން ވަކިވާން އަމިއްލައަށް ހުށަހަޅާފައި ކަމަށާއި އަމިއްލައަށް ވަކިވާން އެދިފައިވާ މެންބަރެއްގެ ސުލޫކީ މައްސަލައެއް ބަލައި ޕާޓީން ވަކިކުރެވޭނެ އުސޫލެއް ނޯންނާނެ ކަމަށެވެ.