ހަބަރު

އޭޑީކޭ ޕްރޮމޯޝަން: ބަކަރިއަކާއި ފަސް ކިލޯ ހަނޑޫ ހިލޭ

އަލްހާ އީދު ބޯމަތިވަމުން އަންނަ އިރު އުލްހިޔާ ކަތިލަން ގިނަ މީހުން ބޭނުންވެ އެވެ. އެހެން ނަމަވެސް އެކަމަށް ބޮޑު ހަަރަދެއް ކުރަން ޖެހުމާއި ހޯދަން އުނދަގޫ ވުމުގެ ސަބަބުން ބޭނުންވި ނަމަވެސް ގިނަ މީހުންނަށް ބަކަރި ކަތިލެވޭ ގޮތެއް ނުވެ އެވެ. އެހެން ނަމަވެސް އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން މިއޮތީ ފަސޭހަ ކޮށްލައިދީފަ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ފޭސްބުކްގައި ކުރިއަށް ގެންދާ "ލައިކް އެންޑް ޝެއާ" ޕްރޮމޯޝަން މެދުވެރިކޮށް އުލްހިޔާ ކަތިލަން ބަކަރިއެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ ޕްރޮމޯޝަންގައި ބަކަރިއަކާ އެކު "މާސްޓާ ޝެފް" ސުޕާ ކާނަލް ބާސްމަތީ ބްރޭންޑްގެ ފަސް ކިލޯގެ ހަނޑޫ ޕެކެޓެއް ލިބޭނެ އެެވެ.

އެ ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވި ބަކަރި އާ ފަސް ކިލޯ ހަނޑޫ ލިބޭ ފަރާތެއް އިއުލާނު ކުރަނީ ހައްޖު ދުވަހު އެވެ.

މާސްޓާޝެޕް ބްރޭންޑްގެ ހަނޑުލަކީ ދިވެހިންނާ ގުޅޭގޮތަށް ދިވެހިންނަށް ހާއްސަކޮށް އުފައްދާފައިވާ ހަނޑުލެކެވެ. އެ ބްރޭންޑްގެ ހަނޑޫ ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުންނެވެ.