ހަބަރު

ބޮޑު އީދަށް ދިރާގުގެ ކަސްޓަމަރުންނަށް ބޮޑު ޕްރޮމޯޝަނެއް!

އަޟްހާ އީދަށް ހާއްސަކޮށް ދިރާގުގެ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ބޮޑު އީދު ޑޭޓާ ޕެކް" ގެ ނަމުގައި ދިރާގުން މިއަދު ފެށި ޕްރޮމޯޝަންގައި ދެގުނަ އިތުރަށް ޑޭޓާ ލިބިގެންދާ ޕަވާ ޕްލޭންސްތަކެއް ތާރަފްކޮށްފަ އެވެ. އަދި ކޮންމެ ޑޭޓާ ޕްލޭނެއް ނެގި ނަމަވެސް ވައިބާ ބޭނުން ކުރުމަށް ދެ ޖީބީ ޑޭޓާ ހިިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އީދަށް ހާއްސަ ޕި ޕެކޭޖުގެ ތެރޭގައި އެއް ޖީބީއާ ހަތަރު ޖީބީ އަދި ހަ ޖީބީއާ ހަމަޔަށް ޑޭޓާ ލިބެން ހުރެ އެވެ. އަދި މޯބައިލް ޕްރީޕެއިޑް އާއި ޕޯސްޓޕެއިޑް ކަސްޓަމަރުންވެސް މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރެއްވޭނެއެވެ.

އެ ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެއްވޭނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދު ފެށިގެން އަންނަ އާދީއްތަ ދުވަހަ ހަމަޔަށް ކަމަށް ދިރާގުން ބުންޏެވެ.