މޯލްޑިވްސް ޕޮލިސް ސާވިސް

ކެނެބިސް ޓްރެފިކްގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

May 12, 2024

ކެނެބިސް ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ވަނަވަރު އާންމުކޮށް ހޯދަން އިއުލާނުކޮށްފައިވަނީ ސ. ހިތަދޫ، ހަޒާރުމާގެ، މުޙައްމަދު އުބާދަތު ހުސައިން (29އ) އެވެ.

ފުލުހުން ބުނި ގޮތުގައި އުބާދަތު ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރުފަހު 1:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އުބާދަތުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެެވެ.