ކްރިމިނަލް ކޯޓް

ޑްރަގް ކެފޭއެއް ހިންގި ދެ މީހަކު ހަތް ދުވަހަށް ބަންދުކޮށްފި

މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ކެފޭއެއް ހިންގި ދެ މީހަކު ހަތް ދުވަހަށް ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ބަންދުކޮށްފައިވަނީ އުމުރުން 28 އަދި 35 އަހަރުގެ ދިވެހި ދެ ފިރެހެނުންނެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކަމުން ދިޔަ ކެފޭގެ ތެރެއިންނެވެ.

ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ކޯޓު އަމުރުގައި ބުނީ ކުށްކުރި ކަމަށް ސާބިތުވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އެމީހުން ހައްޔަރުކުރި ތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގައިވާ ގޮތުން މި މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.