ޕްރޮމޯޝަން

ގޭތެރެ ތަރުތީބުކޮށްލަން ދާންވީ އޭސް ހާޑްވެއާއަށް

Sep 7, 2017

އޭސް ހާޑްވެއާއިން އަނެއްކާވެސް ޕްރޮމޯޝަނެއް ފަށައިފި އެވެ. މި މަހު ހާއްސަ ސޭލެއް އަޅުވާފައިވަނީ ގޭތެރޭގައި ބޭނުންކުރާ އަދި ގޭތެރެ ތަރުތީބު ކުރުމަށް ބޭނުންކުރާ ތަކެތީގަ އެވެ.

އޭސް ހާޑްވެއާއިން ބުނި ގޮތުގައި، މިމަހުގެ ސޭލްގައި ޝެލްފުތަކާއި ދާވަށި ގަނޑު އަދި ދޮވެ ހިއްކާ އިސްތިރި ކުރުމަށް ބޭނުންކުރާ ތަކެތި ހިމެނޭ ކަމަށެވެ. އަދި އެނޫނަސް ބަދިގެ ތަރުތީބު ކުރުމަށް ބޭނުންކުރާ ތަކެތި ވެސް ހިމެނޭނެ ކަމަށެވެ.

އޭސް ހާޑްވެއާ އަކީ އަބަދުވެސް މި ބާވަތުގެ އެންމެ ކޮލިޓީގެ މުދާ އެއާ އެންމެ އެށޭނެ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަނެވެ. މިމަހު ސޭލްގައި ހިމިނޭ ސްޓޯރޭޖް އަދި އޯގަނައިޒޭޝަން މުދާ ތަކުތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު އަދި އެންމެ ބްރޭންޑްތައް ކަމަށްވާ ހަނީ-ކެން -ޑޫ އަދި އިންޓަ ޑިޒައިން ހިމެނެއެވެ.

މީގެ އިތުރުން ބަދިގެ ސްޓޯރެޖަށް ބޭނުންކުރާ ރަބާމެއިޑް ބްރޭންޑްގެ ތަކެތި އަދި ކުދިން އިންޓަވަލް އަޅަން ބޭނުންކުރާ އެންމެ ހިނގާ ބްރޭންޑް ކަމަށްވާ ސިސްޓެމާ ވެސް ހިމެނެއެވެ. މި އަގުހުރި ސޭލްގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު އަޅުވާފައިވާނެ ކަމަށް އޭސް ހާޑްވެއާއިން މައުލޫމާތުދެ އެވެ.