ވިޔަފާރި

ޖުލައިގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުން 5.5 ޕަސެންޓް އިތުރު

މިދިއަ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 5.5 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް 770،715 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު ޒިޔާރަތް ކުރި 730،353 މީހުންނާ އަޅާބަލާއިރު 5.5 ޕަސެންޓް އިތުރު އަދަދެކެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ 47 ޕަސެންޓް ހިއްސާކުރީ ޔޫރަޕު މީހުންނެވެ. ޔޫރަޕުން ރާއްޖެއަށް 362،354 މީހުން ޒިޔާރަތް ކުރި އެވެ. މިއީ 10.8 ޕަސެންޓް އިތުރު ވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި 10 ގައުމަށް ބަލާއިރު ޗައިނާ އާއި ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުގެ އިތުރުން އިޓަލީ އާއި އިިންޑިޔާ އަދި ރަޝިޔާގެ އިތުރުން ފްރާންސާއި އެމެރިކާ އަދި ޖަޕާނުގެ އިތުރުން ސުވިޒަލޭންޑް ފަދަ ގައުމުތައް ހިމެނެ އެވެ.