ހަބަރު

ޗައިނާގެ އެހީގައި ލޮލުން ފުސްކެހުމުގެ ކޭމްޕެއް ފަށައިފި

Sep 10, 2017
4

ޗައިނާގެ ހެލްތު ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން އާއި ރާއްޖޭގެ ހެލްތު މިނިސްޓްރީ ގުޅިގެން ހުޅުމާލެއާއި ލ. ރީޖަނަލް ހޮސްޕިޓަލުގައި ލޮލުން ފުސް ކެހުމުގެ ކޭމްޕެއް ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެގައި ފެށި ކޭމްޕް ކުރިއަށް ދާނީ މިހިނގާ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. " ބްރައިޓް ޖާނީ އައި ކޭމްޕް 2017" ގެ ނަމުގައި ކުރިއަށް ގެންދާ އެކޭޕްމްގައި ހަރަކާތްތެރި ވަނީ ޗައިނާގެ ލޮލުގެ ޑޮކްޓަރުންނާއި ދިވެހި ޑޮކްޓަރުންނާއި ނަރުހުންނެވެ.

ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ލޮލުން ފުސް ކެހުމުގެ (ކެޓެރަކްޓް ސާޖަރީ) ހެދުމުގެ ކޭމްޕް ބޭއްވުމަށް ޓަކައި މީހުން ސުކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިން ހިންގާފައިވާ ކަމަށެވެ.

ކޭމްޕް ހިންގުމަށްޓަކައި ޗައިނާގެ ހެލްތު މިނިސްޓްރީއާއި ރާއްޖޭގެ ހެލްތު މިނިސްޓްރީން މެމޯރެންޑަމް އޮގް އަންޑަސްޓޭންޑިން ( އެމްއޯޔޫ)އެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބުރާހީމް އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ވައިސް މިނިސްޓަރު ވެން ހީ ޝެންއެވެ.

ޗައިިނާގެ އެހީގައި 2015 ވަނަ އަހަރުވެސް ބޭއްވިއެވެ. އެފަހަރު 107 މީހަކަށް ފަރުވާ ދިނެވެ. ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 370000 ޑޮލަރުގެ އިކްއިޕްމެންޓްވެސް ހަދިޔާކޮށްފައެވެ.