އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ނިޕޯން ޕެއިންޓްއަށް ހާއްސަކޮށްގެން މިއަހަރު ކުރިއަށްގެންދާ ކަލާ ފިއެސްޓާ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގަ އެވެ. މި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތައް ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ނިޕޯން ޕެއިންޓްއިން ކުރައްވާ ކޮންމެ 1,500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް އަދި ވަގުތުން ލިބޭ އަގުހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ. އަދި ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ނިޕޯން އެކްސްސަރީސް ގިފްޓް ހޭމްޕާ އެއް ލިބޭނެ ކަމަށެވެ.
ނިޕޯން ޕެއިންޓަ ކަލަ ފިއެސްޓާ ޕްރޮމޯޝަންގައި ތިން ނަސީބުވެރިން ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޕްރޮމޯޝަން ނިމުމުން މުޅި ޕްރޮމޯޝަންއިން އެއް ވަނައަށް އަންނަ ފަރާތަކަށް 25,000 ރުފިޔާގެ ވައުޗައެއް އަދި ދެވަނައަށް އަންނަ ފަރާތަކަށް 15,000 ރުފިޔާ ވައުޗައެއް އަދި ތިން ވަނައަށް އަންނަ ފަރާތަކަށް 8,000 ރުފިޔާގެ ވައުޗައެއް ދިނުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯ މައުލޫމާތު ދިން ގޮތުގައި މިޕްރޮމޯޝަންގެ ތެެރޭގައި ނިޕޯން ޕެއިންޓްގެ އާ ޕްރޮޑަކްޓް މޮޒީ ގާޑް މާކެޓަށް ނެރޭނެ އެވެ.