ހަބަރު

ގަތަރާ ގުޅުން ނެތުމުން އިންވެސްޓްމަންޓް ފޯރަމް ޔޫއޭއީ އަށް

Sep 15, 2017
2

އިންވެސްޓަރުން ހޯދަން ރާއްޖޭން ބާއްވާ އިންވެސްޓްމެންޓް ފޯރަމް މިއަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) ގައި ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ ގަތަރުގައި ކަމަށް ވިޔަސް އެގައުމުގައި ނުބާއްވާ ޔޫއޭއީއަށް ބަދަލުކުރީ ގަތަރާއި އެކު އޮތް ސިޔާސީ ގުޅުން ރާއްޖޭން ކަނޑައިލުމަށް ފަހުގައެެވެ. ރާއްޖޭން ގަތަރާ ގުޅުން ކަނޑައިލީ ސައުދީ އަރަބިއްޔާއާއި އެގައުމަށް ވާގިދޭ އަރަބި އެހެން ތިން ގައުމަކުން އެގޮތަށް އަމުލުކުރުމުންނެވެ. ޔޫއޭއީވެސް ހިމެނެނެނީ އެގައުމުތަކުގެ ތެރޭގައެވެ.

އިންވެސްޓްމަންޓް ފޯރަމަކީ ވިޔަފާރި އާއި އިގުތިސާދު ފުޅާކޮށް ރާއްޖޭގައި ހުރި ފުރުސަތުތައް ދުނިޔޭގެ އިންވެސްޓަރުންނާ ހިއްސާކުރުމަށާއި ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިންނާ ގުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޔޫއޭއީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމާ ގުޅޭ އިތުރު ތަފުސީލު އަންނަ ހަފުތާގައި ހިއްސާކުރާނެ ކަމަށެވެ. ފޯރަމް އިންތިޒާމް ކުރަނީ އެމިނިސްޓްރީންނެވެ.

މީގެ ކުރިން ވަރާއްޖޭން ބޭރުގައި ކުރިން ވަނީ ތިން ފޯރަމެއް ބާއްވައިފަ އެވެ. އެގޮތުން މިިދިޔަ އަހަރު ފޯރަމް ބޭއްވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. އެ ފޯރަމް 2015 ވަނަ އަހަރު ބޭއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގަ އެވެ. އަދި 2014 ވަނަ އަހަރު ބޭއްވީ ސިންގަޕޫރުގަެ ބޭއްވި ފޯރަމްގައެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް ފޯރަމްގެ ޒަރިއްޔާއިން އިންވެސްޓަރުން ހޯދުމަށެވެ.