ހަބަރު

އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ

އިންޑިއާގެ ޓްރިވެންޑްރަމަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ޓްރިވަންޑްރަމްގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް މިއަދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަލީ އާދަމް ވިދާޅުވީ، އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ އައްޑޫ ސިޓީ، ހިތަދޫ އުމުރުން 87 އަހަރުގެ އަބްދުﷲ މަނިކުފާނެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ގެއްލުނު ކަމުގެ ރިޕޯޓެއް ލިބި އެކަން އާއިލާއިން ކޮށްފައިވަނީ މިއަދު ހެނދުނެވެ.

ގެއްލިގެން ހޯދަމުންދާ މީހާ، އިންޑިއާ ގޮސްފައިވަނީ އޭނާގެ އަނބިމީހާ އަދި ދަރިފުޅާއެކު ކަމަށް މައުލޫމާތު ލިބެ އެވެ.